ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ސިވިލް ސާވިސްއާ އެއްގިންތި ކުރަނީ

އެހެން ނަމަވެސް ނޮވެމްބަރު އެއްވަނަ ދުވަހު ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް، މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. ކުރެންދޫގައި ވާހަކަ ދައްކަވަނީ --

ސިވިލް ސާވިސް މުވައްޒަފުންނާއި އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ގިންތި ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޅ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުރެންދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަކީ މިހާތަނަށް އައިއިރުވެސް ވަރަށް ދަށް ގްރޭޑަކުން ގިންތިކުރެވިފައިވާ އިދާރާތަކެއް ކަމަށެވެ. ކައުންސިލްތައް ހަތަރު ވަނަ ގްރޭޑުގައި ގިންތި ކުރެވިފައިވީ ނަމަވެސް، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ބުރަ މަސައްކަތް ކުރައްވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ނިޒާމަކީ ވަރަށް ބޮޑަށް އިސްކަންދޭ އަދި އެކަމަކަށް ވަރަށް ބޮޑަށް އެއްބާރުލުންދީ، ކުރިއަރުވަން މަސައްކަތް ކުރައްވާ ނިޒާމެއް ކަމަށާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ގްރޭޑު، ހަތަރަކުން ތިނަކަށް ގެންދިއުމަށް ކުރިން ވާހަކަދެކެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް ނޮވެމްބަރު އެއްވަނަ ދުވަހު ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް، މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު ރާއްޖޭގެ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް، ހަތަރަކުން އެކަކަށް، ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ގިންތިކޮށް، މަތިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ނިންމާފައި މިހާރު މިއޮތީ ނޮވެމްބަރު އެކަކުން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރެވިގެންދާއިރު ކައުންސިލް މުވައްޒަފުންގެ ވެސް ޕޭ ހާމަނައިޒްވާއިރުގައި ރާއްޖޭގެ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނާ އެއްގިންތިއަކަށް ހަތަރަކުން ތިނަކަށް ނޫން. ހަތަރަކުން އެކަކަށް،" ރައީސް ވިދާޅުވި އެވެ.

އޭގެއިތުރުން، ބާކީ ހުރި މުއައްސަސާތަކާއި ސްޓަޓުއުޓަރީ ބޮޑީސްތަކުގެ މުސާރަ އަންނަ އަހަރު ބޮޑުކޮށް، ހުރިހާ ތަނެއްގައި ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.