ވަގުން ގެންދިޔަ ތަކެތީގެ ތެރޭގައި އިހުގެ ރަސްކަމުންނާއި ރާނީންގެ އަގުބޮޑެތި ގަހަނާ ހިމެނެ އެވެ. މިގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރަ އެވެ.

ފްރާންސުގެ "ލޫވްރް މިއުޒިއަމް" ހުޅުވިތާ 30 މިނެޓު ނުވަނީސް ވަގުންގެ ބަޔަކު ވަދެ 100 މިލިއަން ޑޮލަރުގެ އަގުހުރި ތާރީހީ ތަކެތި ވަގަށް ނަގައި ފްރާންސަށް ސިހުން ގެނެސްފި އެވެ.
ފްރާންސުގައި ހުންނަ އެންމެ މަޝްހޫރު އެއް މިއުޒިއަމް ކަމަށްވާ ލޫވްރް މިއުޒިއަމުން މިމަހުގެ 19 ވަނަ ދުވަހު ކުރި މި ބޮޑު ވައްކަމަށް މަހެއްވާންދާއިރު އަދިވެސް ބަޔަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފްރާންސުގެ ނޫސްތަކުގައިވާ ގޮތުން މިއުޒިއަމުން ވަގުން ވައްކަން ކޮށްފައިވަނީ މިއުޒިއަމް ހުޅުވާލިތާ ކުޑައިރުކޮޅެއް ފަހުން، މިއުޒިއަމްގެ ތެރޭގައި ވެސް މީހުން އުޅެމުން ދަނިކޮށެވެ. އެތަން ބަލަހައްޓަން ތިބި ގާޑުންނަށް ވެސް ފެންނަގޮތަށް، ހަތަރު މީހުންގެ ގްރޫރަޕަކުން ވައްކަން ކުރަން އެތަނަށް ވަނީ ކުޑަ ދޮރަކުންނެވެ.
އެ މީހުން ފިލަން ބޭނުންކޮށްފައިވަނީ ފަރުނިޗަރު އުފުލާ ލިފްޓެކެވެ. އެ މީހުން ވަނީ ކުޑަދޮރެއް ފަޅާލައި، އަދި އެތެރޭގައި ހުރި ދެ ޑިސްޕްލޭ ކޭސް ބާރުގައި ކަޓަރު ބޭނުންކޮށްގެން ހަލާކޮށްލައިގެން ގިނަ ތަކެތި ނަގާފައިވެ އެވެ. މި ވައްކަން ކުރަން އެމީހުން ނަގާފައިވަނީ އެންމެ ހަތް މިނެޓެވެ.
ވަގުން ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ލޫވްރް މިއުޒިއަމްގެ "ގަލެރީ ދި -އެޕޮލޮން" ގައި ބަހައްޓާފައި ހުރި ފްރާންސްގެ ރަސްކަލުންގެ ޖަވާހިރުތަކެއްގެ އިތުރުން ނަޕޯލިއަންގެ އަންހެނުންނާއި 19 ވަނަ ޤަރުނުގެ ރާނީން ބޭނުންކުރެއްވި ތާރީޚީ އަގުހުރި 8 ޖަވާހިރުގެ ބައިތައް ހިމެނެ އެވެ. މީގެ ތެރޭގައި ޒަބަރުޖަދު އަދި މަރްޖާނު ހިމެނޭ ތާޖުތަކާއި ހާރުތަކާއި ކަންފަތުލާ ލާ މުދިތައް ހިމެނެ އެވެ. މި ތަކެތީގެ އަގު 88 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 102 މިލިއަން ޑޮލަރު) އަށް އަރަ އެވެ.