ރައީސް ދެއްވި ޔަގީންކަމަކީ ރޯދައިގެ ކުރިން އޮޅުވެލިފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން

ރައީސް ވިދާޅުވީ އެކަމަށް ފެނަކައަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށާއި، ސީދާ ރައީސް އޮފީހުން އެކަން ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އޮޅުވެލިފުއްޓަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަނީ --

ޅ. އޮޅުވެލިފުއްޓަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ކަރަންޓުގެ މައްސަލަ އަންނަ ރޯދަމަހުގެ ކުރިން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ އޮޅުވެލިފުއްޓަށެވެ. އެރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެރަށުގެ ކަރަންޓު ނެޓްވޯކް ވަރަށް ބޮޑަށް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެ ޖަލްސާގެ ކުރިން ކައުންސިލާއި މުއައްސަސާތަކާއެކު ބޭއްވި ބައްދަލުވުމުގައި، އެކަމާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ވަރަށް އަވަހަށް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.

ކަރަންޓުގެ މައްސަލައިގެ ސަބަބުން އެރަށުގައި ހުރި އިތުރު މައްސަލަތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެއީ؛

  •  އަޅާ ނިމިފައި އޮތް ނަރުދަމާގެ ބޭނުމެއް ނުކުރެވޭ
  •  ސިއްހީ މަރުކަޒަށް އިތުރުކުރި ޖާގައިގެ ބޭނުމެއް ނުހިފޭ

އި"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި، ނަރުދަމާގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި އަދި ސިއްހީ މަރުކަޒަށް މި ބޭނުންވާ ކަރަންޓު މައްސަލައަށް ބޭނުންވާ ވަރަށް މި މައްސަލަ ހައްލުވުން. އަދި މި ދާގޮތަށް ގޮސް އެންމެ ލަސްވެގެން ރޯދައިގެ ކުރިން މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

އޮޅުވެލިފުށި ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ވަޒީރުން --

ރައީސް ވިދާޅުވީ އެކަމަށް ފެނަކައަށް ސަރުކާރުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށާއި، ސީދާ ރައީސް އޮފީހުން އެކަން ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ.

"އަޅުގަނޑަށް އިހުސާސްވެއްޖެ މިރަށަށް އައިސް ތިބޭފުޅުންނާ ވާހަކަ ދެއްކީމަ އިތުރަށް ޔަގީންވެގެން ހިނގައްޖެ މީގަހުރި ކްރިޓިކަލްކަން،" ރައީސް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ، "ރައްޔިތުން ކައިރިއަށް އައިސް ވާހަކަ ދައްކާލީމަ ވަރަށް ގިނަ ކަންކަން ހަގީގަތުގައި ވެސް ރަގަޅު ކުރުމަށް މަގުފަހިވެގެން ދޭ،"

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އޮޅުވެލިފުށި ސްކޫލުގައި 10 ކްލާސްރޫމް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުންޏަށް ފައިސާ ދީފައިވާ ކަމަށެވެ. އެހެންކަމުން މަސައްކަތް ނިންމަން އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށާއި އަދި އިތުރަށް އެކަމަށް ބާރު އަޅުއްވާނެ ކަމަށެވެ.

ކްލާސްރޫމްތައް އިތުރުކުރުމުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި މަލްޓިޕާޕަސް ހޯލެއް ތަރައްގީ ކުރުމަށް ހިމަނުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.