ފުލުސް ސެކިއުރިޓީއާއެކު ތިއްބައި ވީއައިއޭއިން ފައިސާ ފޭރިގެންފި

ދަ މިރާ އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު ފުލުހުންގެ ސެކިއުރިޓީވެސް ބޭންކް މުވައްޒަފުންނާއެކު ތިއްބެވެ. އެކަންކޮށްފައިވަނީ ވަޅި ހިފައިގެން އައި މީހުން ފުލުސް މީހާއަށް ބިރު ދެއްކުމަށްފަހު އެވެ.

ވީއައިއޭ : މިއަދު ފަތިހު ވަނީ ވީއައިއޭއިން ފޭރިފައި

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފުލުހުންގެ ސެކިއުރިޓީއާއެކު ތިއްބައި ދިޔަ ބީއެމްއެލްގެ ފައިސާތަކެއް ފޭރިގަނެގެން ފިލައިފި އެވެ. 

ފުލުހުން ދާދި ދެންމެއަކު ބުނީ މިއަދު ފަތިހު އެއާޕޯޓުން ބޭންކެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މި ހާދިސާގެ މައުލޫމާތު ލިބުނީ ފަތިހު 4:45 އެހާކަންހާއިރު އެވެ. އެނގިފައިވާ ގޮތުގައި ފޭރިގެންފައިވަނީ ގައުމީ ބޭންކްއިން އެއާޕޯޓް އޭޓީއެމްއަށް ޖަމާ ކުރަން ގެންދިޔަ ފައިސާ އެވެ. 

މި ހާދިސާގެ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. ފުލުހުން ބުނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ ކަމަށެވެ.

ދަ މިރާ އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު ފުލުހުންގެ ސެކިއުރިޓީވެސް ބޭންކް މުވައްޒަފުންނާއެކު ތިއްބެވެ. އެކަންކޮށްފައިވަނީ ވަޅި ހިފައިގެން އައި މީހުން ފުލުސް މީހާ އަށް ބިރު ދެއްކުމަށްފަހު އެވެ. މި މީހުން ފިލާފައިވަނީ ލޯންޗެއްގައި ކަމަށް އެނގިފައިވެ އެވެ. ބޭންކްތަކުން ފައިސާ އުފުލުމުގެ ހިދުމަތް ފުލުހުންދެ އެވެ. މިގޮތުން ފައިސާ އުފުލާއިރު ތިބޭ ފުލުހުން އާއްމުކޮށް ތިބެނީ ބޭނުންވާ ހަތިޔާރު ހިފައިގެންނެވެ. ނަމަވެސް މި ހާދިސާ ހިނގިއިރު ފުލުހުންގެ އަތުގައި ހަތިޔާރު ހުރިތޯ ނުވަތަ ނެތް ކަމެއް ނޭނގެ އެވެ. 

ފައިސާ ފޭރިގެން ބަޔަކު ފިލިއިރު ވީއައިއޭގައި ތިން ލައިނަށް ސެކިއުރިޓީ ތިބެ އެވެ. މިގޮތުން ބޭރު ބަލަހައްޓަން އެމްއޭސީއެލް އިން ސެކިއުޓީ ފޯހެއް މި އަހަރު ވަނީ ތައާރަފުކޮށްފަ އެވެ. އަދި ފުލުހުންގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ އާއި ސިފައިންގެ ފައުޖެއްވެސް އެއާޕޯޓުގެ ތެރޭގައި ތިބެ އެވެ. 

ނޯޓް: މި ހަބަރުގައި، ފައިސާ ފޭރިގެންފައި ވަނީ ފުލުހުންގެ ސެކިއުރިޓީއާއެކު ބޭންކުގެ މުވައްޒަފުން ތިއްބައި ކަމަށް ލިޔެފައި ވަނީ ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ފައިސާ ގެންދިއުމުގެ ފުލުހުންގެ ސެކިއުރިޓީ ބޭނުން ކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.