މި މަސް ނިމުމުގެ ކުރިން 2026 ބަޖެޓުގެ ސެހެރީ މަޖިލީހަށް

ކުރިން އޮންނަ ގޮތުން ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ކޮންމެ އަހަރެއްގެ އޮކްޓޫބަރު ނިމުނުގެ ކުރިން މަޖިލީހަށް ފޮނުވަން ލާޒިމް ކުރެ އެވެ. ނަމަވެސް މިހާރު ބަޔާނަށްފަހު ރިޕޯޓް މަޖިލީހަށް ފޮނުވޭނެ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި މިއަހަރުގެ ބަޖެޓު ހުށަހަޅަނީ

ކުރިން އޮންނަ ގޮތުން، ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓު ކޮންމެ އަހަރެއްގެ އޮކްޓޫބަރު ނިމުނުގެ ކުރިން މަޖިލީހަށް ފޮނުވަން ލާޒިމް ކުރެ އެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނިންމެނި ނިންމެވުމަކާއެކު ބަޖެޓު ރިޕޯޓް އޮކްޓޫބަރު ނިމުމުގެ ކުރިން މަޖިލީހަށް ފޮނުވުމުގެ ބަދަލުގައި އޮކްޓޫބަރު މަހު 29 ގެ ކުރިން ބަޖެޓު ބަޔާނެއް ނުވަތަ "ސެހެރީއެއް" ހުށަހެޅުމުން ފުއްދާލެވޭ ގޮތަށް ބަދަލު ގެންނެވި އެވެ. މި ބަދަލާއެލު ބަޖެޓުގެ ސެހެރީ ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށް އޮކްޓޫބަރު ނިމުމުގެ މިދިޔަ ތިން އަހަރު ވެސް ހުށަހެޅި އެވެ. މިދިޔަ ފިނޭންސް މިނިސްޓަރު އަހުމަދު އަމީރުގެ އެ ރިޕޯޓާއިގެން ތިން އަހަރު މަޖިލީހަށް ވަޑައިގެންނެވި އެވެ. 

މިހާރު ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތައްޔާރު ކުރަމުންދާ ކަމަށް ހަބަރުތައް އުޅޭއިރު، މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުވެސް އަމަލު ކުރައްވާނީ އެ މަގުން ކަމަށް ބެލެވެ އެވެ. އެއީ ބަޖެޓުގެ ސެހެރީ މަޖިލީހުގެ ތަޅުމަށް ފޮނުވައި ނޮވެމްބަރު މަހުގެ ތެރޭގައި ބަޖެޓު ބަޖެޓު ރިޕޯޓް މަޖިލީހަށް ފޮނުވުމެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ނޮވެމްބަރު މަހު މިކަން ކުރަން ލާޒިމްވާނެ އެވެ. 

ބަޖެޓު ހުށަހެޅުމާއި ފާސް ކުރުން އޮންނަ ގޮތް

މަޖިލީހުގެ ކުރީ ރައީސް މުހައްމަދު ނަޝީދު

ބަޖެޓަށް ތައްޔާރު ވާއިރު ބަޖެޓު ހުށަހެޅުމާއި އޭގެ މަރުހަލާތަށް ކުރިއަށްދާނެ ގޮތަށް ބަލައިލާނަމެވެ ؛ ބަޖެޓު ހުށަހެޅުމާއި ބަޖެޓުގެ ކަންކަން ކުރިއަށް ދާ ގޮތަށް ބަލާއިރު، މިއީ މާލިއްޔަތު ގާނޫނުން ފިނޭންސް މިނިސްޓަރަށް ލާޒިމް ކަމެކެވެ. މިގޮތުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކުރިއަށް އޮތް އަހަރު ފެށުމުގެ ދެ މަސްދުވަސް ކުރިން (އާންމުކޮށް އޮކްޓޯބަރު މަހުގެ ފަހުކޮޅު) ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓުގެ ބިލް ހުށަހަޅުއްވަން ޖެހެ އެވެ.

ބަޖެޓު ބަޔާން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުމަށްފަހު އޮންނާނީ ބަޖެޓަށް ބަޙުސް ފެށިމެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ބަޖެޓު ހުށަހެޅުމަށްފަހު މެންބަރުންނަށް ވަގުތު ދިނުމަށްފަހު އެ ބަޖެޓާބެހޭ ބަހުސް މަޖިލީހުގައި ފެށިގެން ދާނެ އެވެ. މި މުއްދަތުގައި މަޖިލީހުގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީ އިން ބަޖެޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންވެއެވެ. އެއަށްފަހު އޮންނާނީ ކޮމިޓީ މަރުޙަލާ އެވެ.. 

މި އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގ

ބަޖެޓުގެ އިބްތިތާއީ ބަހުސް ނިމުމުން، ބިލް ދިރާސާކުރުމަށް މަޖިލީހުގެ ހާއްސަ ކޮމިޓީތަށް ކަމަށްވާ، އިޤްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ކޮމިޓީއަކަށް) ފޮނުވާނެ އެވެ. އަދި ކޮމެޓީން ބަޖެޓު ދިރާސާ ކުރާނެ އެވެ. އަދި ބަޖެޓަށް ބަދަލު ގެނައުމުގެ ބާރު ކޮމެޓީއަށް ލިބިގެންވެ އެވެ.

ބަޖެޓުގެ ކޮމެޓީ މަރުހަލާގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުން އޮންނާނެ އެވެ. އަދި ކޮމިޓީގެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ބަޖެޓަށް ގެނެވުނު ބަދަލުތަކާއެކު ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. ބަޖެޓު ފާސް ކުރާނީ އެއަށްފަހު އެވެ. ބަޖެޓު ފާސް ކުރަން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. އެއަށްފަހު ބަޖެޓު ރައީސުލްޖުމްހޫރީއްޔާއަށް ފޮނުވާނެ އެވެ.

މި އަހަރު ހުސްވާ ބަޖެޓް

މި އަހަރަށް ފާސްކޮށް ހަރަދު ކުރަމުން ގެންދާ ޖުމްލަ ބަޖެޓުގެ އަދަދަކީ 56.6 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގެ އެކްސްޕެންޑިޗާ ނުވަތަ ޖުމްލަ ހަރަދު އުޅެނީ 49.2 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީ އާއި އާމްދަނީގެ ނަމްބަރަކީ 39.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގެ ބަޖެޓު ޑެފިސިޓް ނުވަތަ ދަރަނި ހުރީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ ދިވެހިރާއްޖޭގެ ޖީޑީޕީ ގެ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް 7.8% ގެ އަދަދެކެވެ. މި އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރު ކުރަން ފިޔަވަޅުތަކެއް އެޅި އެވެ. ޓޫރިޒަމް ޖީ.އެސް.ޓީ އިތުރު ކުރި އެވެ. އަދި ގްރީން ޓެކްސް، އެއާޕޯޓް ފީސް، އަދި ޓެކްސްގެ އިތުރު ކުރި އެވެ. މި އަހަރުގެ ބަޖެޓުގައި ދަރަނި އަނބުރާ ދެއްކުމަށް 9.4 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިގެން ދިޔަ އެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.