ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި

ރައީސް އޮފީހުން ބުނީ، މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުން، އެންއައިސީގެ މެމްބަރުކަމަށް ރައީސް މުއިއްޒު މިއަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީސް --

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ހަތަރު ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

އެންއައިސީގައި ތިއްބެވި ފަސް ބޭފުޅުންގެ ތެރެއިން، ހަތަރު ބޭފުޅެއްގެ ދައުރު މިއަދު ހަމަވާތީ، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ، ޝުޢައިބު ޢަބްދުއްރަޙްމާނާއި، ޝިފާޒު ޢަލީއާއި ޢަލީ މުޙައްމަދުމަނިކު އަދި ފާޠިމަތު ޝަރީފެވެ.

އޭގެ ތެރެއިން ޝުއައިބަކީ އެ ކޮމިޝަނުގެ މިހާރު ވެސް މެމްބަރުކަމުގައި ހުންނެވި ބޭފުޅެކެވެ.

ރައީސް އޮފީހުން ބުނީ، މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުން، އެންއައިސީގެ މެމްބަރުކަމަށް ރައީސް މުއިއްޒު މިއަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ. 

އެންއައިސީއަކީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.