އައްޑޫ ބްރިޖުގެ ސާވޭ އާއި ޑިޒައިން ކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

މިނިސްޓްރީން ބުނީ އައްޑޫގެ ބްރިޖްގެ ކޮންސަލްޓަންސީގެ މަސައްކަތުގެ ތެރެއިން ސާވޭ އާއި ޑިޒައިން ހެދުމާއި ބްރިޖާ ގުޅޭ ޓެކްނިކަލް މަސައްކަތް ކުރާނެ ކަމަށެވެ.

އައްޑޫ ހިތަދު އާއި ހުޅުދޫ-މީދޫ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ސާވޭ ކުރުމާއި ޑިޒައިންގެ މަސައްކަތް ހަވާލުކުރުން. --ފޮޓޯ: ހައުސިން މިނިސްޓްރީ

އައްޑޫ ހިތަދު އާއި ހުޅުދޫ-މީދޫ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ސާވޭ ކުރުމާއި ޑިޒައިންގެ މަސައްކަތް އެއް މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލްއާ އެކު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.

މިނިސްޓްރީން ބުނީ އައްޑޫގެ ބްރިޖްގެ ކޮންސަލްޓަންސީގެ މަސައްކަތުގެ ތެރެއިން ސާވޭ އާއި ޑިޒައިން ހެދުމާއި ބްރިޖާ ގުޅޭ ޓެކްނިކަލް މަސައްކަތް ކުރާނެ ކަމަށެވެ.

ހިތަދޫ-ހުޅުމީދޫ ބްރިޖު ވާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެ ބްރިޖުގެ ދިގުމިނަކީ 13-15 ކިލޯ މީޓަރެވެ. ކަނޑުގައި ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން އަޅާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.