ތުރުކީ އާއި އިސްރާއީލާއާ ދެމެދު ކުރާ ވިޔަފާރި މަނާ ކުރަން އެ ގައުމުން ނިންމިއިރު، ޝައުލް ގުއެޓާ މިކުންފުނީގެ ވިއްކާ ސްޓީލުގެ ގާތްގަނޑަކަށް 70% ބަރޯސާވެފައި އޮތީ ތުރުކީގެ މާކެޓަށެވެ.

ތުރުކީއިން ވިޔަފާރި މަނާކުރަން އެޅި ފިޔަވަޅުތަކާއެކު އިސްރާއިލްގެ އެންމެ ބޮޑު ސްޓީލް ކުންފުނި ބަނގުރޫޓުވެއްޖެ އެވެ.
އިސްރާއިލްގެ ނޫސްތަކުގައިވާ ގޮތުން އިސްރާއީލްގެ ދެކުނުގެ ބަނދަރުގެ ސިޓީއެއް ކަމަށްވާ އަޝްދޫދުގައި ހުންނަ ޝައުލް ގުއެޓާ ކުންފުނީގެ ވިޔަފާރި ވަނީ ބަނގުޓުވެފަ އެވެ. މި ދަރަޖައަށް އެ ކުންފުނީގެ ހާލަތު ވެއްޓިގެން ގޮސްފައިވަނީ ތުރުކީއަށް އެތެރެކުރާ އެ ކުންފުނީގެ އުފެއްދުންތައް މަނާކުރުމާ ގުޅިގެންނެވެ.
ތުރުކީ އާއި އިސްރާއީލާއާ ދެމެދު ކުރާ ވިޔަފާރި މަނާ ކުރަން އެ ގައުމުން ނިންމިއިރު، ޝައުލް ގުއެޓާ މިކުންފުނީގެ ވިއްކާ ސްޓީލުގެ ގާތްގަނޑަކަށް 70 ޕަސެންޓް ބަރޯސާވެފައި އޮތީ ތުރުކީގެ މާކެޓަށެވެ.
ޣައްޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ތުރުކީން ވިޔަފާރި މަނާކުރުމުގެ ސަބަބުން ކުންފުނީގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެ ޖުމްލަ 105 މިލިއަން ޝެކެލްސް، 32 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ވަނީ ދަރަނިވެރިވެފަ އެވެ. މިކަމުގެ ސަބަބުން އެ ކުންފުނި ވަނީ ބަނގުރޫޓުވެފަ އެވެ.
ތުރުކީން އިސްރާއިލްއާއެކު ކުރާ ވިޔަފާރި ހުއްޓާލީ 2023 ވަނަ އަހަރު އެވެ. އޭގެ ކުރީގައި 2023 ވަނަ އަހަރު އެކަނި ތުރުކީ އާއި އިސްރާއީލާ ދެމެދު ގާތްގަނޑަކަށް 6.8 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވެ އެވެ.