އެގޮތުން، 500 އެމްއެލްގެ 232 ފުޅި ފެނިފައިވެ އެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވެ އެވެ.

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް، ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލޭން ތިން ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަޝްއަށް ނިސްބަތްވާ ދެ މީހުންނާއި ޕާކިސްތާނު މީހެއް ކަމަށެވެ. އެއީ، އެމްޑީ ރިޔާސް އުއްދީން 19، އާއި އެމްޑީ އަޝްރަފުލް އަލަމް 27، އަދި ޔާސިރް ހަމީދު 24، އެވެ.
މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް އެކެއްގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގަ އެވެ.
ފުލުހުން ބުނީ ޕެޓްރޯލު ކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފުޅި ފެނިފައިވާ ކަމަށެވެ.

އެގޮތުން، 500 އެމްއެލްގެ 232 ފުޅި ފެނިފައިވެ އެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.