ސިނގިރޭޓު ވައްކަން: ހުކުރު ދުވަހު ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު ހަތް ދުވަހަށް އަދި ފިރުސާން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ހުކުރު ދުވަހު ހައްޔަރު ކުރި މީހުންގެ ވަނަވަރު --

އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރި ތިން މީހުންގެ ވަނަވަރު މިއަދު ފުލުހުން އާންމު ކޮށްފި އެވެ.

މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ހުކުރު ދުވަހު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމް 42، އާއި ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު 35، އަދި މާލެ، ހ. ރުމޭނިޔާގެ، އަހުމަދު ފިރުސާން 35، އެވެ. އެމީހުންގެ ފޮޓޯއާ ވަނަވަރު ފުލުހުން އާންމު ކުރީ މިއަދު ހެނދުނެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު ހަތް ދުވަހަށް އަދި ފިރުސާން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ؛

  •  މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ
  •  އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
  •  ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
  •  ކަސްޓަމްގެ އިސް މުވައްޒަފު ޒިވާރު އިސްމާއިލް
  •  ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން
  •  ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު
މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ ނުވަ މީހުން -- ފޮޓޯ: މިހާރު

ފުލުހުން ބުނީ ދިގަލި ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އާރިފާއި ވަހީދަށް ކުރަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތެވެ. އަދި މުއާޒާއި ޒިވާރަށް ކުރަނީ އަމަލީ ގޮތުން ރާވައި ހިންގި ކަމުގެ ތުހުމަތު ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހު ތިނަފުށީގައި އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި، އެ ރަށުގެ އެކި ސައިޓްތަކުން ވަގަށް ނެގި ކޮންޓޭނަރުތަކުގެ ބައިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.