ފުލުހުން ބުނީ ދިގަލި ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރު ކޮށްފި އެވެ.
މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމް 42، އާއި ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު 35، އަދި މާލެ، ހ. ރުމޭނިޔާގެ، އަހުމަދު ފިރުސާން 35، އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު ހަތް ދުވަހަށް އަދި ފިރުސާން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ؛
ފުލުހުން ބުނީ ދިގަލި ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އާރިފާއި ވަހީދަށް ކުރަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތެވެ. އަދި މުއާޒާއި ޒިވާރަށް ކުރަނީ އަމަލީ ގޮތުން ރާވައި ހިންގި ކަމުގެ ތުހުމަތު ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހު ތިނަފުށީގައި އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި، އެ ރަށުގެ އެކި ސައިޓްތަކުން ވަގަށް ނެގި ކޮންޓޭނަރުތަކުގެ ބައިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.