އައްޑޫގެ ފެންނަ ނުފެންނަ ވޯޓު: ވޯޓުލުން ނިންމައި، ވޯޓު ގުނަން ފަށައިފި

ގިނަ ފޮށިތަކުގައި ދޮޅު ގަޑިއިރެއްހާ އިރުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާނުކުރެވޭނެ ކަމަށް އީސީން އަންދާޒާކުރެ އެވެ.

ފޭދޫގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: މިހާރު

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ، މީދޫ އަދި ހުޅުދޫ ވަކިކުރަން ފެނޭތޯ ބެލުމަށް ކުރިއަށް ގެންދާ ފެންނަ ނުފެންނަ ވޯޓުގެ، ވޯޓުލުން ނިންމައި، ވޯޓު ގުނުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފަށައިފި އެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުގައި، ހަވީރު 4:00 ގައި ހުރިހާ ވޯޓު ފޮށިތައް ބަންދުކޮށް، ގުނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އީސީން ބުންޏެވެ. 

ގިނަ ފޮށިތަކުގައި ދޮޅު ގަޑިއިރެއްހާ އިރުގެ ތެރޭގައި ވަގުތީ ނަތީޖާ އިއުލާނުކުރެވޭނެ ކަމަށް އީސީން އަންދާޒާކުރެ އެވެ.

އަދި މި ތާރީހީ ވޯޓުގެ ވަގުތީ ނަތީޖާ މިރޭ 9:00 ގައި އިއުލާނުކުރަން އީސީން ވަނީ ރާވާފަ އެވެ. 

މިއީ ޖުމްލަ 9,576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ވޯޓެކެވެ. އެހެންކަމުން އަދި 7915 މީހުން ވޯޓު ނުލާ ކަމަށް އީސީގެ ތަފާސްހިސާބުން ދައްކަ އެވެ.

ނަމަވެސް، މި ވޯޓުގައި އާންމުންގެ ތަރުހީބު ކުޑައިރު، އީސީން އަންދާޒާކުރަނީ މި ވޯޓުގައި، ވޯޓުލާން ނުކުމެފައިވަނީ ވޯޓުލެވޭ މީހުންގެ 50 ޕަސެންޓެވެ.

މި ވޯޓުގައި މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގެ ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.

މި ވޯޓަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.