މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓަށް، 12 ޖެހުމާ ހަމައަށް ވޯޓު ލާފައި ވަނީ އެންމެ 1661 މީހުންނެވެ. އެއީ 655 ފިރިހެނުންނާއި534 އަންހެނުންނެވެ. ޕަސެންޓޭޖުން ބަލާނަމަ މިހާތަނަށް ވޯޓުލާފައި ވަނީ 12.42 ޕަސެންޓް މީހުންނެވެ.

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ، މީދޫ އަދި ހުޅުދޫ ވަކިކުރަން ފެނޭތޯ ބެލުމަށް ނަގަމުންދާ ވޯޓަށް، ވޯޓުލާން ނުކުންނަ މީހުން މަދު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނަންބަރުތަކުން ދައްކައިފި އެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓަށް، 12 ޖެހުމާ ހަމައަށް ވޯޓު ލާފައި ވަނީ އެންމެ 1661 މީހުންނެވެ. އެއީ 872 ފިރިހެނުންނާއި 789 އަންހެނުންނެވެ. ޕަސެންޓޭޖުން ބަލާނަމަ މިހާތަނަށް ވޯޓުލާފައި ވަނީ 17.35 ޕަސެންޓް މީހުންނެވެ.
މިއީ ޖުމްލަ 9,576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ވޯޓެކެވެ. އެހެންކަމުން އަދި 7915 މީހުން ވޯޓު ނުލާ ކަމަށް އީސީގެ ތަފާސްހިސާބުން ދައްކަ އެވެ.
މި ވޯޓުގައި މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގެ ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.
ވޯޓުލުން މިހާރު ކުރިއަށްދާއިރު، ގިނަ ވޯޓުލާ މަރުކަޒުތައް ފެންނަނީ ވަރަށް ބޮޑަށް ހުސްކޮށެވެ. ހާއްސަކޮށް މާލޭގައި ތަރުހީބު ކުޑަ އެވެ. މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލާނީ 3881 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.
ވޯޓު ފޮށިތައް ބަންދު ކުރާނީ ހަވީރު 4:00 ގައެވެ.
މި ވޯޓަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ.