އައްޑޫ ކައުންސިލާ ގުޅޭ ރިފަރެންޑަމް ވޯޓުލުން ފަށައިފި

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ، މީދޫ އަދި ހުޅުދޫ ވަކިކުރަން ފެނޭތޯ ބެލުމަށް ނަގާ އެ ވޯޓުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. ހަވީރު 4:00 ނިޔަލަށް އައްޑޫ އަދި މާލޭގައި މި ވޯޓު ކުރިއަށް ދާނެ އެވެ.

އިންތިހާބެއް ގައި މީހަކު ވޯޓު ލަނީ --

އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ އާންމު ވޯޓު ނަގަން ފަށައިފި އެވެ.

އައްޑޫ ސިޓީން އެ އަތޮޅު ފޭދޫ، މީދޫ އަދި ހުޅުދޫ ވަކިކުރަން ފެނޭތޯ ބެލުމަށް ނަގާ އެ ވޯޓުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. ހަވީރު 4:00 ނިޔަލަށް އައްޑޫ އަދި މާލޭގައި މި ވޯޓު ކުރިއަށް ދާނެ އެވެ.

މި ވޯޓުގައި މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގެ ކޮންމެ އަވަށެއްގައި ތިން ފޮށި އަދި ފޭދޫގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.

މި ވޯޓުގައި 9,576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ؛

  •  ފޭދޫ - 4,355 މީހުންނަށް
  •  ހުޅުދޫ - 2،874 މީހުންނަށް
  •  މީދޫ - 2،347 މީހުންނަށް

އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުތައް

  • 1.ހުޅުދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
  • 2.މީދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
  • 3.ފޭދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

މި ވޯޓަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.