ކޮލަމާފުއްޓަށް ޑްރަގް އެތެރެކުރަން އުޅުނު ހަތަރު މީހުން ބަންދަށް

ފުލުހުން ބުނީ އެމީހުން ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެމީހުން އެރަށަށް އައި ލޯންޗު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ލޯންޗެއްގައި ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެރަށު ކައުސަރު، ހަސަން ރައްޔާން ރާޝިދު 26، އާއި ސޯސަންގެ، އިސްމާއިލް ހައިޒަމް ހަބީބް 22، އާއި ޝަބްނަމްގެ، އަލީ ޖަނާހް ޖައުފަރު 25، ގެ އިތުރުން ލީނާމަންޒިލް، އިބްރާހިމް އަޒާން މުހައްމަދު 19، އެވެ.

ފުލުހުން ބުނީ އެމީހުން ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެމީހުން އެރަށަށް އައި ލޯންޗު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކެޓާއި، ފިލްމް ހުސްކުރި ދެ ދަޅު ވަނީ ފެނިފަ އެވެ. އަދި އެކެއްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތް ސެލޯފޭން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މިތަކެތީގެ ބަރުދަނަކީ 44،83 ގްރާމެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހައިޒަމް 12 ދުވަހަށް އަދި ދެން ތިބި މީހުން ހަތް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.