ފީފާގެ ރައީސް ރާއްޖެ ވަަޑައިގަތުމުން ފައްޔާޒުގެ ނުރުހުން ދިވެހިބަހުން

ފައްޔާޒު ކުރެއްވި އެކްސްގައި ވިދާޅުވީ ރަޝިއާ ސިފައިން ޔުކްރޭނަށް އެރިތާ ފަސް ދުވަސް ތެރޭ ފީފާއިން ރަޝިއާގެ ޤައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކުރި އެވެ. ނަމަވެސް އިޒްރޭލަށް ފިޔަވަޅެއް ނާޅަ އެވެ.

އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު -- މިރާ ފޮޓޯ

ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ރާއްޖެ ވަޑައިގެން ރަސްމީ ފުޅުބޯޅަ މެޗެއް ކުޅެ، ދިވެހި ފުޓުބޯޅައަށް އެހީވާން ކުރި މަޝްވަރަތަކާމެދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްލާއިލް ހުރުން ފާޅު ކުރައްވައިިފި އެވެ. 

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ ފީފާގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ގޮތުން، ދިވެހިބަހުން ފައްޔާޒު އެކްސްގައި ވިދާޅުވީ ރަޝިއާ ސިފައިން ޔުކްރޭނަށް އެރިތާ ފަސް ދުވަސް ތެރޭ ފީފާއިން ރަޝިއާގެ ޤައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކުރި އެވެ. 

ނަމަވެސް އިސްރޭލުން ގާޒާގައި ގަތުލުއާންމެއް ހިންގައި ފަލަސްތީނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު އެތައްހާސް ބަޔަކު ޝަހީދުކޮށްފައިވާތީ، އިސްރޭލު ސަސްޕެންޑްކުރުމަށް މުޅި ދުނިޔޭން ގޮވަމުންދާތާ ދެ އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. ނަމަވެސް ފިޔަވަޅު ނާޅަނީ ކޮން ތަނަކުން ކަމެއް ވިދާޅެއް ނުވެ އެވެ. 

"އިސްރޭލު ސަސްޕެންޑްކުރުމަށް ފީފާއިން ފާޅުގައި ދެކޮޅުހަދަމުން ދަނިކޮށް، ފީފާގެ ރައީސާއެކު ރާއްޖޭގެ ރައީސް ފުޓްބޯޅަ މެޗެއް ކުޅެން ޖެހުނީ ކީއްވެބާ؟ މިހާރު ކޮންމެހެން ތިފަދަ "ރަމްޒީ މެޗެއް" ނުކުޅުނަކަސް ވެދާނެ،" ފައްޔާޒު ވިދާޅުވި އެވެ. 

ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅުންހުރި ކަންކަމުގައި އިނގިރޭސިބަހުން އެކްސްގައި ލިޔުއްވާ ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި މިއީ ދިވެހިރައްޔިތުންގެ ޝުއޫރުތަކާއި ދެކޮޅަށް، މުޅި އިސްލާމީ އުންމަތަށް، ދިވެހިންނަށް ޖެއްސުމަކަށް ކުރިކަމެއްގެ ގޮތުގައި ނޫނީދެކެވޭނެ އެއްވެސް އެހެންގޮތެއް ނުވިސްނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.