އިންފަންޓީނޯ އާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވީ ފުޓުބޯޅަ ކުރިއަރުވާނެ ކަމުގެ ޔަގީންކަން

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން އްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރެއްވުމަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރުކަން ފާހަގަކުރައްވާފަ އެވެ.

މިއަދު ހަވީރު ބޭއްވި އެފްއޭއެމް ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފީފާގެ ރައީސް --

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ ރައީސް ޖިއަނީ އިންފަންޓީނޯ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި ވަގުތު ހުސްކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސް ވަނީ އެކަމަށް ޝުކުރު ވެސް ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން އްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރެއްވުމަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރުކަން ފާހަގަކުރައްވާފަ އެވެ. އަދި، ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅައަކީ މުހިންމު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ ސަރުކާރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރާއި އަންނަ އަހަރު، ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެވެ. އަދި، މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެ ޖަމިއްޔާގެ އިސްވެރިންނަށް، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފީފާގެ ރައީސް ވިދާޅުވެފައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް މިހާރު އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެފްއޭއެމްގެ މިހާރުގެ އިސްވެރިންގެ މަސައްކަތަށް ތައުރީފުކުރައްވާ، ފީފާއިން ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފީފާގެ ރައީސް --

އޭގެ އިތުރުން، އެފްއޭއެމް ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ހާއްސަ އެގްޒިބިޝަން މެޗެއްގައިރައީސް އާއި އިންފަންޓީނޯ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތާ ގުޅިގެން އިންތިޒާމުކުރި ފުޓުބޯޅަ މެޗެކެވެ.

މި މެޗުގައި ރައީސް ޓީމުގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަތެވެ. އަދި ފީފާގެ ރައީސްގެ ޓީމުގައި އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ މަޓަރާޒީގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ ތާރީހުގައި ނަންވިދާލި ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނިވަޑައިގަތެވެ. 6-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރައްވާފައި ވަނީ، ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.