ހުވަދު އަތޮޅުގައި މަސްތުވާތަކެތި ސަޕްލައި ކުރާ އުޅަނދެއް އަތުލައިގެންފި

ފުލުހުން އިއްޔެ ހަވީރު ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ ހުވަދު އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ސަޕްލައި ކުރަން އުޅޭ މީހުން ހައްޔަރުކޮށް، ލޯންޗު ވެސް ޓޯކޮށްފަ އެވެ.

ހުވަދޫގައި މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކުރުމަށްފަހު ފުލުހުން އުޅަނދު ޓޯ ކުރަނީ

ހުވަދު އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ސަޕްލައި ކުރާ ކަމަށް ތުހުމަތު ކުރާ އުޅަނދު އަތުލައިގަނެ، ބަޔަކު ހައްޔަރުކޮށްފި އެވެ. 

އެނގިފައިވާ ގޮތުގައި ފުލުހުން އިއްޔެ ހަވީރު ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ ހުވަދު އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ސަޕްލައި ކުރަން އުޅޭ މީހުން ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން އެ މީހުން ދުއްވި ލޯންޗުވެސް ހިފަހައްޓާ ފުލުހުން ވަނީ އެ ލޯންޗް މިހާރު ޓޯކޮށްފަ އެވެ. 

މިރާ އަށް އެނގިފައިވާ ގޮތުގައި މި ލޯންޗް ފުލުހުން ހިފެހެއްޓީ ފުލުހުންގެ އިންޓެލް ޓީމެއް ފާރަލައިގެންނެވެ. ގއ. ކޮލަމާފުއްޓަށް އެ ލޯންޗް އައުމަށްފަހު ފުރަން އުޅެނިކޮށް އެ ލޯންޗަށް ފުލުހުން ވަނީ އަރާފަ އެވެ. އަދި މީހުން ހައްޔަރުކޮށް އެލޯންޗުން މަސްތުވާތަކެތިވެސް ފެނިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.