ސިނގިރޭޓު ވައްކަން: ކޮންޓެއިނަރުތައް އުފުލި ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި

ސިނގިރެޓް ކޮންޓެއިނަރުތައް އުފުލި އިރު ދޯނީގެ ކެޕްޓަނަކަށް ހުރިކަމުގެ ތުހުމަތަށް ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު 54، އެވެ.

ކަސްޓަމްސް އިން ހިފެހެއްޓި އަދި ގެއްލިފައިވާ ސިނގިރޭޓްތައް -- ކަސްޓަމަސް

އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި، އެ ކޮންޓެއިނަރުތައް ގެންދިޔަ ދޯނީގެ ކެޕްޓަން ހައްޔަރުކޮށްފި އެވެ. 

ސިނގިރެޓް ކޮންޓެއިނަރުތައް އުފުލި އިރު ދޯނީގެ ކެޕްޓަނަކަށް ހުރިކަމުގެ ތުހުމަތަށް ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު 54، އެވެ.

އޭނާ ވަނީ އިތުރު ހަތް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ. 

މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

މި ވައްކަމާ ގުޅިގެން، ފުލުހުން މިހާތަނަށް ވަނީ ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. 

އެއީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ގެ އިތުރުން ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، ކަސްޓަމްގެ އިސް މުވައްޒަފު ޒިވާރު އިސްމާއިލް އަދި ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން އެވެ. އެ އެންމެން ވެސް ވަނީ ބަންދުކޮށްފަ އެވެ. 

އޭގެ ތެރެއިން އާރިފާއި ވަހީދަށް ކުރަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތެވެ. އަދި މުއާޒާއި ޒިވާރަށް ކުރަނީ އަމަލީ ގޮތުން ރާވައި ހިންގި ކަމުގެ ތުހުމަތު ކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު އާރިފާއި ޒިވާރުގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖެހިއިރު، ވަހީދުގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ. އަދި މުއާޒަށް ފުރަތަމަ ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހު ތިނަފުށީގައި އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި، އެ ރަށުގެ އެކި ސައިޓްތަކުން ވަގަށް ނެގި ކޮންޓޭނަރުތަކުގެ ބައިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.