މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން.

ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ވިލާމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޑިޒައިން މަރުހަލާ ފެށުމުގެ ލިޔުމުގެ ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
އެ މަޝްރޫއުގެ ޑިޒައިން މަރުހަލާގެ ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ)ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އެ ލިޔުމުގައި ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮން ޝިއަންހުއާ އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމާފައިވަނީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިންނެވެ.
ޗައިނާ ސަރުކާރުން ދިން ހިލޭ އެހީގެ ބޮޑުބައެއް ހަރަދުކުރާނީ މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ކަމަށް ދެ ގައުމުގެ ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ.