ޓެކްއިންގް 2025 ޕަވާޑްބައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް އިވެންޓް ވެގެންދާނީ ޓޫރިޒަމް ސިނާއަތުގެ އިންޖިއަރިން އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ހުރިހާ އުފެއްދުން ތަކެއް އެއް ފުރާޅެއްގެ ދަށުން ފެނިގެން ދާނެ ބޮޑު އިވެންޓަކަށެވެ.

ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ރާއްޖޭގައި އާއްމު ގޮތެއްގައި ބާއްވަމުން އަންނަނީ އެއް ވަތަރެއްގެ އިވެންޓް ތަކެކެވެ. އާއްމުކޮށް ބާއްވަނީ ފުޑް އެންޑް ބެވަރޭޖަސްގެ އުފެއްދުމެއް ދައްކާލާ ފެއާ އެކެވެ. ނަމަވެސް މި މަހު ބާއްވަން ތައްޔާރުވަމުން ދަނީ މުޅިން ތަފާތު ފެއާ އެކެވެ. އެއީ ޓޫރިޒަމް ސިނާއަތުގެ ޓެކްނޮލޮޖީ އާއި އިންޖިއަރިންނަށް ހާއްސަކޮށް ފެއާ އެކެވެ.
ޓެކްއެންޖް އެކްސްޕޯ 2025 ޕަވާޑް ބައި ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް އިވެންޓް ވެގެންދާނީ ޓޫރިޒަމް ސިނާއަތުގެ އިންޖިއަރިން އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ހުރިހާ އުފެއްދުން ތަކެއް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ ބޮޑު އިވެންޓަކަށެވެ. މި ހާއްސަ ފެއާގެ އެންމެ ހާއްސަ ކަމަކީ "ޓޮނީނޯ ލެމްބޯގީނީ ގޮލްފް ކާޓްސް" މި އިވެންޓުގައި ހާއްސަ ގޮތެއްގައި ބައިވެރިވުމެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 30-28 ވަނަ ދުވަހު އޮންނަ މި ފެއާ އިންތިޒާމު ކުރާ އޮމްނިބޮކްސް އިވެންޓްސް ކުންފުނިން ބުނި ގޮތުގައި މި ފެއާގައި ވެގެންދާނީ ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ހުރި ތިމާވެއްޓާއި ރަހުމަތްތެރި އިންޖިއަރިން އަދި ޓެކްނޮލިޖީ އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެ އިވެންޓަކަށެވެ.
މި އިވެންޓުގައި އިންޖިއަރިން ޓެކްނޮލޮޖީ ފީންޑުގެ އެންމެ ބޮޑު މާކެޓެއް އޮތް ޓޫރިޒަމް ސިނާއަތަށް ހާއްސަ ސޮލިއުޝަންތައް ފެނިގެންދާނެ އެވެ.
ޕްރޮފެޝަނަލް ބިޒްނަސް މި ޕްލެޓްފޯމުގައި ރިސޯޓްތަކާއި ހޮޓަލްތަކާއި ޑިވެލޮޕަރުންނާއި ސަފާރީ އޮޕަރޭޓަރުންގެ އިތުރުން އިންފްރާސްޓްރަކްޗާގެ ތަޖުރިބާކާރުންނާއި ސަރުކާރުގެ ނިންމުންތައް ނިންމާ ފަރާތްތައް ބައްދަލުވެގެން ދާނެ އެވެ. މިއީ މި ދާއިރާ އިން ބާއްވާނެ ބިޒްނަސް ޓު ބިޒްނަސް އެންމެ ބޮޑު ހަރަކާތަށް ވާނެ އެވެ.
އޮމްނިބޮކްސް އިވެންޓްސް ކުންފުނިން ބުނި ގޮތުގައި މި އިވެންޓު ބާއްވަނީ ގިނަ ފަރާތްތަކެއްގެ އެންޑޯސްމަންޓް ލިބިގެންނެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ވިޒިޓް މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް
ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އިތުރުން
ދަ ނޭޝަނަލް ހޮޓެލްސް އެންޑް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ހިމެނެ އެވެ.