މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ވިއްސާރަ އަލިވިޔަސް، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ވައިގަދަވާނެ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުތަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ.

މި ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ވިއްސާރަ އަލިވިޔަސް، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ވައިގަދަވާނެ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުތަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް ހުކުރު ދުވަހު ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އެކަމަކު ހަފްތާ ބަންދުގައި ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަގަޅު ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓުން މިހާރު އޮތީ ހއ. އަތޮޅުން ފެށިގެ ތ. އަތޮޅަށް ރީނދޫ ސަމާލު ވެސް ނެރެފަ އެވެ. އެ ސަރައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.