އެހެންކަމުން އެގޮތަށް ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ހަމަޖެއްސެވޯ ނަސްރުގެ ދުވަސް ކަމުގައިވާ ނޮވެމްބަރު ތިންވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ވުމާއެކު، ނޮވެމްބަރު ދެވަނަ ދުވަހަކީ ރަސްމީ ދުވަހަކަށް ވާތީ ކަމަށެވެ. ނޮވެމްބަރު ދެވަނަ ދުވަހަކީ އާދީއްތަ ދުވަހެކެވެ.
އެހެންކަމުން އެގޮތަށް ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ލައިގެން ހަތަރު ދުވަހުގެ ބަންދެއް ލިބޭނެ އެވެ.
މީގެ ކުރިން ވެސް ޗުއްޓީ ދުވަސްތަކެއްގެ މެދަށް ރަސްމީ ދުވަހެއް އަންނަ ނަމަ، އެ ދުވަސް ބަންދު ކޮށްދީފައިވެ އެވެ.