އެމްއޭސީއެލް ބޯޑުން ރިޔާޒު ވަކި ކުރި ސަބަބާ ބެހޭ ގޮތުން އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ އެ ކުންފުނީގެ ބައެއް ނިންމުންތަކާ ނުރުހިގެން ވާހަކަ ދެއްކުމެވެ. ނަމަވެސް މިކަމާމެދު އެމްއޭސީއެލްއިން އެއްޗެއް ބުނެފައެއް ނުވެ އެވެ

އެމްއޭސީއެލް ބޯޑުގައި ކުރިން ހުންނެވި މުހައްމަދު ރިޔާޒް (ލެޓްސްގޯ ރިޒާޒު) ބޯޑުން ވަކިކޮށް، އެ މަގާމަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފް އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެމްއޭސީއެލް އިން އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ގއ. ދާންދޫ، މުޝްތަރީގޭ އަލްފާޟިލް މުޖްތަބާ ލަތީފް ވަނީ އައްޔަނުކޮށްފަ އެވެ.
އެމްއޭސީއެލް ބޯޑުން ރިޔާޒު ވަކި ކުރި ސަބަބާ ބެހޭ ގޮތުން އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ އެ ކުންފުނީގެ ބައެއް ނިންމުންތަކާ ނުރުހިގެން ވާހަކަ ދެއްކުމެވެ. ނަމަވެސް މިކަމާމެދު ސަރުކާރުން އަދި އެމްއޭސީއެލްއިން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޕީސީބީން މިއަދު ވަނީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެމްބަރުގެ މަޤާމަށް ސ. ފޭދޫ، އާބާދީގޭ ފާތިމަތު ޣާޒިޔާ ފަތުޙީ ވެސް އައްޔަންކޮށްފަ އެވެ.