އައްޑޫ ހިތަދޫގައި ދެމަފިރިން މަރުވެފައި އޮއްވާ ފެނެއްޖެ

މަރުވެފައި ވަނީ އެރަށު ކުރޭންގެ، އިބްރާހިމް އަބްދުﷲ 60، އަދި މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު 52، އެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނެތް ކަމަށެވެ.

އައްޑޫ ސިޓީ -- ފޮޓޯ/ އަލީ އިބްރާހީމް

އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ދެ މީހަކު މަރުވެފައިވާ މައްސަލައެއް ހުށަހެޅުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

މަރުވެފައި ވަނީ އެރަށު ކުރޭންގެ، އިބްރާހިމް އަބްދުﷲ 60، އަދި މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު 52، އެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނެތް ކަމަށެވެ.

އެ ދެމަފިރިން މަރުވެފައި އޮއްވާ ފެނުނީ އެމީހުން ހޯދަން އެގެއަށް ދިޔަ އާއިލާގެ ބަޔަކަށެވެ.

އެނގިފައިވާ ގޮތުގައި ދެމަފިރިންގެ ހަށިގަނޑު ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. އެއީ އަލަށް ހަދަމުންދާ ގެއެކެވެ. އެމީހުން އެ ގެއަށް ބަދަލުވީ ވެސް ވަރަށް ފަހުންނެވެ.

އެ ގެއަށް ކަރަންޓު ދޫކޮށްފައި ހުރީ ޖެނެރޭޓަރެއް ބޭނުންކޮށްގެންނެވެ. ދެމަފިރިން މަރުވީ ކަރަންޓު ޝޮކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.