ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

މި މަޝްރޫއުގެ ދަށުން ކަލައިދޫ އާއި ދަނބިދޫއާ ދޭތެރޭ އެއް ކިލޯމީޓަރުގެ ކޯޒްވޭއެއް ގާއިމު ކުރާނެ އެވެ. މީގެ ތެރޭގައި، 36.17 މީޓަރު ދިގު މަގަކާއި 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއް ހަދާނެ އެވެ.

އެމްޓީސީސީ އިން ކަލައިދޫއާއި ދަނބިދޫއާ ކޯޒްވޭގެ މަސައްކަތް ކުރަނީ -- އެމްޓީސީސީ

ލ. ކަލައިދޫ ދަނބިދޫ ކޯޒްވޭ ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަސައްކަތް ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަނ،ް ހައުސިނގ އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީ އާއި ކަލައިދޫ އާއި ދަނބިދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. 

މި މަޝްރޫއުގެ ދަށުން ކަލައިދޫ އާއި ދަނބިދޫއާ ދޭތެރޭ އެއް ކިލޯމީޓަރުގެ ކޯޒްވޭއެއް ގާއިމު ކުރާނެ އެވެ. މީގެ ތެރޭގައި، 36.17 މީޓަރު ދިގު މަގަކާއި 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއް ހަދާނެ އެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ. މިއ،ީ 155.94 މިލިއަން ރުފިޔާއަށް 550 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭ ގާއިމުވުމުން، ދެ ރަށުގެ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު އެއް ރަށުން  އަނެއް ރަށަށް ދިއުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ. ކޯޒްވޭގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުންވެސް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.