އާ މީޑިއާ ކޮމިޝަނަށް ރައީސަކު އައްޔަނުކުރަން ކޮމިޓީއަށް

މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ރައީސަކު އައްޔަނުކުރާނީ މަޖިލީހުންނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހަތް މެމްބަރުންގެ ތެރެއިން ރައީސަކު އައްޔަނުކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ. 

ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ މީޑިއާ ކޮމިޝަނުގައި، ތިއްބަވަނީ މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުންނާއި މަޖިލީހުން އައްޔަނުކުރާ ތިން މެމްބަރުންނެވެ. 

މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންގެ މަގާމަށް ދާދިފަހުން ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.

އަދި މަޖިލީހުން އައްޔަނުކުރާ ތިން މެމްބަރުންނަށް އިއްޔެގެ ޖަލްސާގައި ރުހުން ދިނުމާއެކު، އެ މެމްބަރުން ވަނީ ކޮމިޝަނުގެ މެމްބަރުކަމަށް ރޭ އައްޔަނުކޮށްފަ އެވެ. 

ކޮމިޝަންގެ މެމްބަރުން

  • 1.މުހައްމަދު ފަރުޝަތު
  • 2.ސޮފާ ޝަފީގު
  • 3.އައިމިނަތު ސަރާހަތު އިއްޒަތު
  • 4.ޒަމްއަތު އަހުމަދު ވަހީދު
  • 5.އަބްދުލްއަޒީޒް އިބްރާހިމް
  • 6.ހުސައިން ސަގީފް
  • 7.ސިމާހާ ނަސީމް

މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ރައީސަކު އައްޔަނުކުރާނީ މަޖިލީހުންނެވެ. އަދި ނައިބު ރައީސް އައްޔަނުކުރާނީ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. 

އާ ކޮމިޝަން އުފައްދަންޖެހޭ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.