ސިނގިރޭޓު ވައްކަން: ހައްޔަރު ކުރި ފަސްވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދު

މި މައްސަލައާ ގުޅިގެން ރޭ ހައްޔަރު ކޮށްފައި ވަނީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން 52، އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ދެ ކޮންޓެއިނަރު ސިނގިރޭޓު ގެއްލުން މައްސަލައިގައި ހައްޔަރު ކުރި ފަސްވަނަ މީހާ --

އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި ރޭ ހައްޔަރު ކުރި ފަސްވަނަ މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ.

މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން ރޭ ހައްޔަރު ކޮށްފައި ވަނީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން 52، އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

މި މައްސަލައިގައި މީގެ ކުރިން ހަތަރު މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)ގެ އިތުރުން ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްގެ އިސް މުވައްޒަފު ޒިވާރު އިސްމާއިލް އެވެ. އެމީހުން މިހާރު ތިބީ ބަންދުގަ އެވެ.

އޭގެ ތެރެއިން އާރިފާއި ވަހީދަށް ކުރަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތެވެ. އަދި މުއާޒާއި ޒިވާރަށް ކުރަނީ އަމަލީ ގޮތުން ރާވައި ހިންގި ކަމުގެ ތުހުމަތު ކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު އާރިފާއި ޒިވާރުގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖެހިއިރު، ވަހީދުގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ. އަދި މުއާޒަށް ފުރަތަމަ ފަސް ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.


މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހު ތިނަފުށީގައި އޮޕަރޭޝަނެއް ހިންގާފަ އެވެ. މި އޮޕަރޭޝަނުގައި، އެ ރަށުގެ އެކި ސައިޓްތަކުން ވަގަށް ނެގި ކޮންޓޭނަރުތަކުގެ ބައިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.