މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓެއްގައި އަލިފާން ރޯވެ، ގެއްލުން ލިބިއްޖެ އެވެ.
މިއަދު 11:25 ހާއިރު އަލިފާން ރޯވެފައި ވަނީ ހިޔާ ފްލެޓް 11ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގަ އެވެ. ރޯވި އަލިފާން އެމްއެންޑީއެފުން މިހާރު ވަނީ ނިއްވާލާފަ އެވެ.
މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވަނީ ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.