37 އަހަރު ފަހުން މިއަދު | އާބާދީގެ 29 ޕަސެންޓަކީ މުސްކުޅިން

ތަފާސް ހިސާބު އޮފީހުން ބުނެފައިވާ ގޮތުން 2045 އިން ފެށިގެން މަސައްކަތް ކުރަން ގިނައިން ތިބޭނީ މުސްކުޅިންނެވެ. އެގޮތުން 2062 ގައި މަސައްކަތް ކުރަން ތިބޭ ތިން މީހަކުން ދެ މީހުންނަކީ އުމުރުން ދުވަސްވީ މީހަކަށްވާނެ އެވެ.

އުމުރުން ދުވަސްވީ މީހެއް ހިނގާފައިދަނީ -- ސަންދާން ފޮޓޯއެއް

ރާއްޖޭގައި އުފަންވާ މިންވަރު މީގެ 37 އަހަރުފަހުން ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް 29 ޕަސެންޓަށް އިތުރުވެ "ސުޕަ އޭޖު" ގައުމަކަށް ބަދަލު ވެގެންދާނެ ކަމަށް ތަފާސް ހިސާބު އޮފީހުންގެ އަންދާޒާ އިން ދައްކައިފި އެވެ. 

ގައުމީ ތަފާސް ހިސާބުތައް ބަލައްޓާ އޮފީސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2022 އިން 2062 ވަނަ އަހަރަށް ބިނާކޮށް އެކުލަވާލި އާބާދީގެ އަންދާޒާ ރިޕޯޓެއް ދައްކާ ގޮތުން އެންމެފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި ކުދިން ހޯދާ ނިސްބަތް ދަށްވެ، 2022 ވަނަ އަހަރު ހުރީ 1.7 ޕަަސެންޓުގަ އެވެ. އަދި މި އަދަދު 2062 ވަނަ އަހަރު އެވްރެޖުކޮށް 1.5 އަށް ދައްވާނެ އެވެ. މީގެމާނައަކީ އެ އަހަރު އެވްރެޖުކޮށް އަންހެނަކު ހޯދާނީ 1.5 ކުދިންނެވެ. 

"ދިވެހި އާބާދީ ހަލުވިމިނެއްގައި ދަނީ އުމުރުން ދުވަސްވީ އާބާދީއަކަށް ބަދަލުވަމުންނެވެ. 2022 ވަނަ އަހަރު ދިވެހި އާބާދީގެ ނިސްބަތުން ފަސް ޕަސެންޓަކީ އުމުރުން ދުވަސްވީ މީހުންނެވެ. ނަމަވެސް 2026 އިން 2044 ވަނަ އަހަރާ ދެމެދު އުމުރުން ދުވަސްވީ މީހުންގެ އާބާދީ 10 ޕަސެންޓް އިތުރުވެ އުމުރުން ދުވަސްވަމުންދާ އާބާދީއަކަށް ބަަދަލު ވެގެންދާނެ އެވެ. އަދި 2052 ވަނަ އަހަރުން ފެށިގެން ރާއްޖެ ވެގެންދާނީ ސުޕައޭޖު ގައުމަކަށެވެ،" ތަފާސް ހިސާބު އޮފީހުން އާއްމުކުރި ދިރާސާ ރިޕޯޓުގައިވެ އެވެ. 

ތަފާސް ހިސާބު އޮފީހުން ބުނެފައިވާ ގޮތުގައި އަންދާޒާ ދައްކާ ގޮތުން މި މުއްދަތުގައި ކުދިން ހޯދާ މިންވަރު ދަށްވެގެން ދާނެ ކަމަށް ބެލެވޭއިރު ރާއްޖެ އަށް ކުރިމަތިވާނެ ބޮޑު މަައްސަލައެއް ފާހަގަކޮށްފައިވެ އެވެ ؛ އެއީ އުފަންވާ ކުދިންގެ އަދަދުމަދުވެ މުސްކުޅިންގެ ނިސްބަތް އިތުރުވުމެވެ. 

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން 2022 ވަނަ އަހަރު ކުޑަކުދިންގެ ނިސްބަތް 27 ޕަސެންޓުގައި ހުރިއިރު، 2062 ވަނަ އަހަރު މި އަދަދު ދެބައިކުޅަ އެއްބަޔަކަށް ދަށްވެގެންދާނެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ އާބާދީ 2022 ވަނަ އަހަރު ފަސް ޕަސެންޓުގައި ހުރިނަމަވެސް 2062 ވަނަ އަހަރު މި އަދަދު 29 ޕަސެންޓަށް އިތުރުވާނެ އެވެ. 

މަސައްކަތުގެ އާބާދީއަށްވާނެ ގޮތް

  •  2045 އިން ފެށިގެން މަސައްކަތް ކުރަން ތިބޭނީ މުސްކުޅިން
  •  2062 ގައި މަސައްކަތް ކުރަން ތިބޭ ތިން މީހަކުން ދެ މީހަކީ މުސްކުޅިއެއް

 މީގެ އިތުރުން، ދިވެހިން ދުނިޔޭގައި ތިބޭ އުމުރުފުރާ މަތިވެގެންދާނެ އެވެ. އެގޮތުން 2062 ވަނަ އަހަރު އަންނަންވާއިރަށް ފިރިހެނަކު ދުނިޔޭގައި އުޅޭ އުމުރުފުރާ 85.3 އަށް އިތުރުވެ އަންހެނުންގެ އުމުރުފުރާ 62.8 އަށް ބަދަލުވާނެ އެވެ. 

އާބާދީގެ ބައެއް ތަފާސް ހިސާބުތައް ކުރުކޮށް

  •  2022 ކުޑަކުދިންގެ ނިސްބަތް 27 ޕަސެންޓް | 2062 ވަނަ އަހަރު 13 ޕަސެންޓް
  •  2022 މަސައްކަތު އާބާދީ 68 ޕަސެންޓް | 2062 ވަނަ އަހަރު 58 ޕަސެންޓް
  •  2022 މުސްކުޅިންގެ ނިސްބަތް 5 ޕަސެންޓް | 2062 ވަނަ އަހަރު 29 ޕަސެންޓް

މި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މުސްކުޅި އާބާދީއާއެކު މަސައްކަތުން ރިޓަޔާ ކުރަން ޖެހޭ އުމުރުފުރާވެސް ދަށްވެގެންދާނެ އެވެ. މިގޮތުން މިހާރު މަސައްކަތް ކުރެވޭ އުމުރުފުރާނެ މީހުންގެ އަދަދު 62 ޕަސެންޓުގައި ހުރިނަމަވެސް 2062 ވަނަ އަހަރު މި އަދަދު 58 ޕަސެންޓަށް ވެއްޓޭނެ އެވެ. 

ތަފާސް ހިސާބު އޮފީހުން އަންދާޒާ ކުރާ ގޮތުގައި 2022 އިން 2050 ގެ ނިޔަލަށް ރާއްޖޭގެ އާބާދީ 12 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ އެވެ. މިގޮތުން 46،000 މީހުންގެ އިތުރުވުމެއް އައި 2050 ވަނަ އަހަރަށް ދާއިރަށް އާބާދީ 427،994 އަށްދާނެ އެވެ. އަދި މި މުއްދަތުގައި އެވްރެޖުކޮށް އަހަރަކު އުފަންވާނީ 1،000 ކުދިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.