އެސްޓީއޯގެ ތިން އުފެއްދުމެއް "އޮލިމްޕަސް" މިއީ ހަގީގީ ޔޯގަޓު

އެސްޓީއޯ އިން ތައާރަފު ކުރި އެއް ބާވަތަކީ "ގްރީސް" ގެ މަޝްހޫރު "އޮލިމްޕަސް" ޔޯގަޓެވެ. މީގެ އިތުރުން ކަމްޕާ ޖޫހާއި މެކޫޓީސްގެ އިތުރުން ޖޫހުގެ ރަހައެކެވެ.

އެސްޓީއޯއިން ތައާރަފުކުރި އުފެއްދުންތައް -- އެސްޓީއޯ

ގިނަ މީހުން ޔޯގަޓޭ ކިޔާފަ މި ކެވެނީ އަސްލު ޔޯގަޓެއް ނޫނެވެ. އަސްލު ޔޯގަޓު ބެހެއްޓޭނީ އެންމެ ގިނަވެގެން ދެ މަހެއްހާ ދުވަހު އެވެ. ޔޯގަޓު ބަހައްޓަން ޖެހޭނީ ވެސް ފިނިކޮށްފަ އެވެ. ހުޅުމާލެ ދުވާ ޓްރެކުގައި މިހާރު ކުރިއަށްދާ ހޮޓެލް އޭޝިއާ ފެއާގައި އެސްޓީއޯ މިވަނީ މީގެ އުފެއްދުމެއް ދައްކާލާފަ އެވެ. އެ ކުންފުނިން މިވަނީ ޔޯގަޓުގެ އިތުރުން، އިތުރު ތިން ބާވަތެއް ތައާރަފުކޮށްފަ އެވެ. 

އެސްޓީއޯ އިން ތައާރަފު ކުރި އެއް ބާވަތަކީ "ގްރީސް" ގެ މަޝްހޫރު "އޮލިމްޕަސް" ޔޯގަޓެވެ. އާއްމު ބަހުންނަމަ ހަގީގީ ގްރީކް ޔޯޔަޓުގެ އަސްލު ރަހަ ތަކެވެ. ގްރީކް ޔޯގަޓު ތައްޔާރުކޮށްފައި ހުންނަނީ ގްރީކުގެ މުއްސަނދި ސަގާފީ ރަހަތަކާއެކު ކްރީމީ އަދި ޕްރޮޓީން ހިމަނައިގެންނެވެ. މިއީ އިތުރު ރަހައެއް ގެންނަން އެއްވެސް އިތުރު އެއްޗެއް އަޅާފައި ހުންނަ އުފެއްދުމެއް ނޫނެވެ. މީގެ ހަތް ބާވަތެއްގެ ޔޯގަޓު ތައާރަފުކޮށްފައިވެ އެވެ.

"އޮލިމްޕަސްއަކީ ހަމައެކަނި ޔޯގަޓެއް ނޫން. ޗީޒް ވެސް މީގައި ހިމެނޭ. އާއްމުކޮށް މާކެޓުން ނުލިބޭ ގޯޓް ޗީޒް ވެސް ހުންނާނެ،" އެސްޓީއޯގެ ސޭލްސް އެސޯސިއޭޓް މުހައްމަދު މުޝްފިގު ވިދާޅުވި އެވެ.  

ގުދުރަތީ މޭވާގެ ރަހަ ހިމެނޭ ކަމްޕާ ޖޫސް

އެސްޓީއޯ އިން ތައާރަފުކުރި ކަމްޕާ ޖޫހަކީ ރަހަ ބަދަލު ކުރަން އިތުރު ބާވަތްތައް އަޅާފައި ނުހުންނަ ޖޫހެއް ނޫނެވެ. ޖޯޖިއާގެ މި ޖޫހުގެ ބްރޭންޑް ޔޫރަޕާއި އޭޝިއާގައި މަގުބޫލުކަން ބޮޑެވެ. މި ޖޫހުގައި ހިމެނެނީ ބްލަޑް އޮޖެންޖް ފަދަ ރަަހަ ތަކެވެ. 

ހޮޓެލް އޭޝިއާގައި އެސްޓީއޯ

ލަންކާގެ މެކޫޓީސް

މިއީ ސްރީލަންކާގެ އެންމެ މަޝްހޫރު އެއް ޓީ ޖޫސް ބްރޭންޑެވެ. މެކޫޓީސްގެ ވައްތަރުތަކުގެ ތެރޭގައި ސްޓްރެސްވާ މީހުންނަށް ހާއްސަ ސައި ފަތް ހިމެނޭ ރަަހަތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ވެސް ޖޫހުގެ އިތުރު ރަހައެއް ވެސް އެސްޓީއޯއިން ތައާރަފުކޮށްފައިވެ އެވެ. 

މުޝްފިގު ވިދާޅުވި ގޮތުގައި ކިޔޮސް ގާޑަން ޖޫހުގެ ފަސް ރަހައެއް އެ ކުންފުނިން ތައާރަފުކޮށްފައިވާއިރު، މިއީ ވެސް ތާޒާ މޭވާ އަޅައިގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

"މި ޕެކެޓުގެ ބޭރު ވެސް އިންނާނެ އިތުރު ފްލެވާއެއް ނާޅާ ވާހަކަ. މުޅިން ފްރެޝް މޭވާ ސްކްއީޒްކޮށްލައިގެން ތައްޔާރުކޮށްފައިވާ ޖޫހެއް މިއީ،" އޭނާ ވިދާޅުވި އެވެ. 

މި ހުރިހާ ރަހަތަކެއްވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭ އެސްޓީއޯ ސުޕަމާކެޓުން ލިބެން ހުންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.