"ހުޅިމެންދޫގައި އަޅާ ހޮޓެލް ސްކޫލަކީ ޓޫރިޒަމް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް"

"މި ހޮޓެލް ސްކޫލަކީ މުޅި ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މުހިންމު ސްކޫލެއް. މީހުން މި ދާއިރާއިން ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާމެންދޫގައި ވާހަކަ ދައްކަވަނީ --

ލ. ހުޅިމެންދޫގައި ތަރައްގީ ކުރާ ހޮޓެލް ސްކޫލަކީ މުޅި ރާއްޖޭގައި ޓޫރިޒަމް ކުރިއެރުވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅިމެންދޫގައި ރިސޯޓަކާއި ހޮޓެއް ސްކޫލް ތަރައްގީ ކުރަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެމްއޭސީއެލްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާމެންދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގަ އެވެ.

އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރު ރަހީމާ އަބްދުއްރަހީމެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ޓޫރިޒަމްގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި އެމަނިކުފާނު ވެވަޑައިގަތް މުހިން ވައުދުފުޅެއް ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މި މަޝްރޫއުގެ ސަބަބުން މުހިންމު ކުރިއެރުން ގެނެސްދޭނެ ކަމަށް ވިދާޅުވި އެވެ.

ހުޅިމެންދޫގައި ރިސޯޓަކާއި ހޮޓެލް ސްކޫލް ގާއިމްކުރަން އެމްއޭސީއެލްއާއެކު އެއްބަސްވުމުގައި ސޮއިކުރުން --

"މި ހޮޓެލް ސްކޫލަކީ މުޅި ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މުހިންމު ސްކޫލެއް. މީހުން މި ދާއިރާއިން ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް އަޅަން ޓޫރިޒަމް މިނިސްޓްރީން އެމްއެންޔޫއާ ހަވާލު ކޮށްފައި ވަނީ ނޮވެމްބަރު 10، 2024 ގައެވެ. މި ސްކޫލްގެ ބޭނުމަކީ އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ އިތުރުން އެ ދާއިރާއިން މީހުންނަށް ކިޔަވައިދީ ފަންނީ މީހުން ބިނާކުރުމެވެ.

މި ހޮޓެލް ސްކޫލުން ކިޔަވާ ނިމޭއިރު ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ވެސް ލިބޭނެ ކަމަށް ކުރިން ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.