ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2023 ގެ ފަހުގެ ބިލްތަކާއެކު ސަރުކާރުން އާއްމު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. މި ފައިސާގެ ތެރެއިން ބޮޑު ޕަސެންޓަކީ ފެނަކަ ކުންފުނީގެ ބިލްތަކެވެ.
އާއްމުންގެ ނުދައްކާ ހުރި ބިލްތައް ދައްކަން، ޕެންޝަން އޮފީހަށް އެމްއެމްއޭ އިން ބޮންޑެއް ވިއްކަން ތައްޔާރު ވެއްޖެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2023 ގެ ފަހުގެ ބިލްތަކާއެކު ސަރުކާރުން އާއްމު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އެތައް ބިލިއަން ރުފިޔާއަކަށް އަރަ އެވެ. މި ފައިސާގެ ތެރެއިން ބޮޑު ޕަސެންޓަކީ ފެނަކަ ކުންފުނީގެ ބިލްތަކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕެންޝަލް އޮފީހާ ގުޅިގެން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކުމުގެ ތެރެއިން ޕެންޝަން އޮފީހަށް އޭގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯ ޑައިވާސިފައި ކުރުމަށާއި ޕެންޝަން ދައްކާ ފަރާތްތަކަށް ލިބޭ ފައިދާ އިތުރުކުރުމަށާއި އަދި ދިވެހި ރުފިޔާ އެމެރިކާ ޑޮލަރަށް ބަދަލުކުރުމަށް މަގުފަހިވެގެންދާނެ އެވެ. މިކަމުގެ ސަބަބުން ޕެންޝަންގެ ފައިސާ ލިބޭ ފަރާތްތަކުގެ ރިޓާރން އިތުރުވެ، ދިގު މުއްދަތަކަށް މާލީ ދެމެހެއްޓެނިވިކަން ޔަޤީންކުރެވި، މުޅި އިޤްތިސާދަށް އޭގެ ފައިދާ ކުރާނެ އެވެ.
"ޕެންޝަން އޮފީހުން ބޮންޑު ނެރުމުގެ މަޤްސަދަކީ އިންވެސްޓްމަންޓްތައް އެކި ބާވަތްތަކުގެ އެސެޓްތަކަށް ބެހުމުގެ އިތުރުން ބޭރު ފައިސާ މެނޭޖްކުރުމުގެ ބޭނުންތަކަށް އެހީތެރިވެދިނުމެވެ. ޕެންޝަން އޮފީހުން މި ފިޔަވަޅަކީ ޤައުމީ ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ މާލީ ވިލުންތެރިކަން ޔަގީންކުރުމަށް އެޅޭ މުޙިއްމު ފިޔަވަޅެކެވެ،" ފިނޭންސުން ބުނެފައިވެ އެވެ.
ފިނޭންސުގެ ފަންނީ އޮފިޝަލުން ކަށަވަރުކޮށްދިން ގޮތުގައި މި މަސައްކަތުން ލިބޭ ފައިސާގެ ބޮޑު ބައެއް ސީދާ ބޭނުންކުރެވޭނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ދައުރުގައި އެއްވެސް އުސޫލެއް ނެތް ގޮތަކަށް ފެށުނު މަޝްރޫއުތަކާ ގުޅިގެން ނުދެއްކި ހުރި ކޮންޓްރެކްޓަރުންގެ ބިލުތައް ދެއްކުމަށެވެ.
"މީގެ ތެރޭގައި އެކަށީގެންނުވާ ގޮތަށް ބަޖެޓު ރޭވުމާއި ފައިސާ ދޫކުރުން ލަސްވުމުގެ ސަބަބުން ނުދެއްކި ހުރި ނިމިފައިވާ މަސައްކަތްތަކުގެ ފައިސާވެސް ހިމެނެ އެވެ. މި ދަރަނިތައް އަދާކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭނުންވެފައިވާ ލިކުއިޑިޓީ ލިބި، ވިޔަފާރިތައް ކުރިއަރައި ވަޒީފާތައް ރައްކާތެރިވެ، އަދި އިޤްތިސާދުގެ މައްޗަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ އެވެ،" ފިނޭންސުން ބުނެފައިވެ އެވެ.
މި ހާލަތައް ދިޔަ ސަބަބާމެދު ސަރުކާރުގެ ބަސް - ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރީ ސަރުކާރުތަކުން ވާރުތަވެފައިވާ އެތައް ބިލިއަން ރުފިޔާގެ ބިލްތައް ދައްކަން ޖެހެ އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ޙަވާލުވިއިރު، އެތައް ބިލިއަން ރުފިޔާއެއް އަމިއްލަ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކަށް ނުދައްކާ ހުރި ބިލުތަކުގެ ގޮތުގައި ހުއްޓެވެ. މި ދަރަނިތަކަކީ ފާއިތުވި ސަރުކާރުތަކުން މި ސަރުކާރަށް ވާރުތަވި ބިލްތަކެވެ. ވަކިން ހާއްސަކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފާއިތުވި ސަރުކާރުގެ ދައުރުގައި ޖަމާވެފައިވާ ދަރަނިތައް އިންތިހާ އަށް ބޮޑެވެ.
މިކަމުގެ ސަބަބުން ޤައުމުގެ މާލީ ޙާލަތަށް ބޮޑު ބުރައެއް އުފުލަން ޖެހި އަދި މުހިންމު ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ހިންގި އެތައް ސަތޭކަ އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދެއްކުން ލަސްވެފައިވެ އެވެ. މީގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ އިގްތިސޯދަށް ނޭދެވޭ އަސަރުކޮށްފައިވެ އެވެ.
ސަރުކާރުން މި ދަރަނިތައް ދައްކާ ހަލާސްކުރުމަށާއި ދައުލަތުގެ މާލީ އިތުބާރު އަލުން އުފެއްދުމަށް ޒިންމާދާރު ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. އަދި މީގެ ސަބަބުން މިސަރުކާރަށް ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ގިނަ ދުވަސްވެފައިވާ ފައިސާ ދެއްކުން ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިވެގެންދާނެ އެވެ.
މި ފިޔަވަޅު އަޅަން ސަރުކާރުން ނުކުތުމާއެކު އެމްޑީޕީއިން މިއަދު ބުނެފައިވާ ގޮތުގައި ސަރުކާރުން އުޅެނީ ފައިސާ ޗާޕު ކުރާށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ބުނާ ގޮތާ ޚިލާފަށް، މިއީ އުސޫލެއްގެ ތެރެއިން ދިރާސާކުރެވި އަދި މިކަމުގެ ސަބަބުން މާކެޓަށް އަތުވެދާނެ ހިރާސްތައް ކުޑަކުރެވޭނެ ފިޔަވަޅުތަކަކާއެކު ކުރުމަށް ހަމަޖެހިފައިވާ އިންވެސްޓްމެންޓެއް ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކުރެ އެވެ. މިކަމާއި ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން މިއީ ފައިސާ ޗާޕުކުރުން ކަމަށް ދޭހަވާގޮތަށް ވާހަކަފެތުރުކަމުގައި ވިޔަސް ފައިސާ ޗާޕުކުރުމާއި ސެކްންޑަރީ މާކެޓުގައި ބޮންޑު އިޝޫކުރުމާއި ތަފާތުކުރުމެވެ.
ބޮންޑް ވިއްކާ ގޮތް - މަރުކަޒީ ބޭންކަކުން ސެކަންޑަރީ މާކެޓުގައި ބޮންޑު ވިއްކާ ނުވަތަ ދޫކުރާއިރު، އެއީ ސީދާ ގޮތެއްގައި ފައިސާ ޗާޕުކުރުމެއް ނޫނެވެ. ނަމަވެސް އެކަމުގެ ސަބަނުން މާލީ ނިޒާމުގައި ފާއިސާ ލިކިއުޑިޓީ އިތުރުވާނެ އެވެ. މަރުކަޒީ ބޭންކުތަކުން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެކެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާ އަށް އަގަށް އަންނަ ބަދަލަށް ތައްޔާރުވުމުގެ ގޮތުން މަރުކަޒީ ބޭންކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މަނިޓަރީ ސްޓެބިލިޓީ އިތުރަށް ރައްކާތެރިކުރުމަށްޓަކައި އެމްއެމްއޭ އިން ކޮމާޝަލް ބޭންކުތަކާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަން މިހާރަށްވުރެ ވެސް ފުޅާކޮށް ހިންގުމާއި އެމްއާރުއާރު ފަދަ ލިކިއުޑިޓީ ރުފިޔާގެ ސަޕްލައި މަދުކޮށް، ޑޮލަރު ރޭޓުގެ ޕްރެޝަރު ކުޑަ ކުރުމުގެ ޕޮލިސީތައް މަރުކަޒީ ބޭންކުން ތަންފީޒުކުރަމުންދާނެ އެވެ.
އިގްތިސޯދީ މާހިރުން ޤަބޫލުކުރާގޮތުގައި އިޤްތިސާދީ ހާލަތަށް ރިއާޔަތްކޮށް ދިވެހި ވިޔަފާރިތަކަށް ހިންދެމިލާން ގޮތް ހޯދައި ދިނުމަކީ ސަރުކާރާއި މަރުކަޒީ ބޭންކުން ވެސް އިސްކަމެއް ދީގެން ކުރަންޖެހޭކަމެކެވެ. އެހެންކަމުން ސަރުކާރުން މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ފަހަތުގައި އޮތީ ދެ އާމާޒެއް ހާސިލުކުރުމުގެ ނިޔަތެވެ. އެއީ، ދިވެހި ވިޔަފާރިތަކަށް ދެއްކުމަށް ވާރުތަވެފައިވާ ފައިސާ ދެއްކުމާއި، އަހަރުތަކެއް ވަންދެން ދޯދިޔާކޮށް މެނޭޖުކޮށްގައިވާ ދައުލަތުގެ މާލިއްޔަތަށް ސްޓެބިލިޓީ ގެނައުމެވެ.