އިސްރޭލުގެ ޖާސޫސީ އެޕުން ވަޓްސްއެޕަށް ފާރަލުން ހުއްޓާލަން އެމެރިކާގެ ކޯޓަކުން އަމުރުކޮށްފި

އިސްރޭލުގެ ޖާސޫސީ އެޕް ޕެގަސަސްގެ މައި ކުންފުނި އިސްރާއީލުގެ އެންއެސްއޯ ގްރޫޕްގެ މައްޗަށް މި ހުކުމް އައިސްފައިވަނީ ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހޯދައި އިސްރޭލުން ޖާސޫސު ކުރާކަމަށް ބުނެ އެވެ.

އިސްރޭލުގެ ޖާސޫސީ އެޕްލިކޭޝަން "ޕެގަސަސް" އިން ދުނިޔޭގެ ގިނަ ބަަޔަކު ބޭނުންކުރާ ވަޓްއެޕް އަށް ޖާސޫސު ނުކުރަން އެމެރިކާގެ ކޯޓުން އަމުރުކޮށްފި އެވެ. 

ދުނިޔޭގެ ގިނަ ބައެއްގެ ބޯކޮޅު ބަލަން ބިސްމަޅި ދޫކޮށްގެން އުޅޭ އިސްރޭލުގެ ޖާސޫސީ އެޕް ޕެގަސަސްގެ މައި ކުންފުނި  އެންއެސްއޯ ގްރޫޕްގެ މައްޗަށް މި ހުކުމް އައިސްފައިވަނީ ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހޯދައި އިސްރޭލުން ޖާސޫސު ކުރާކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. 

އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ މި އަމުރު އައިސްފައިވަނީ އެންއެސްއޯ ގްރޫޕް އޭގެ ސްޕައިވެއާ ބޭނުންކޮށްގެން، ޓާގެޓްކުރާ ފަރާތްތަކުގެ ޑިވައިސްތަކަށް ވަނުމަށްޓަކައި، ފޭސްބުކްގެ މައި ކުންފުނި މެޓާ ނިސްބަތްވާ ވަޓްސްއެޕް މެސެޖިން ސާވިސްގެ ނިޒާމަށް ދާއިމީކޮށް ހަމަލާދިނުން އާއްމުވެފައިވާތީ އެވެ. 

މި އަމުރާއެކު  ވޮޓްސްއެޕްގެ ވެރިން މި ނިންމުމަށް މަރުހަބާ ކިޔާފައިވެ އެވެ. ނަމަވެސް އެންއެސްއޯއިން ބުނެފައިވަނީ މިކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރީގެ ހަޔާތަށް ނުރައްކާވެ، އެ ކުންފުނި ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.