މުޅި ދުނިޔޭގައި ކެންވާގެ ހިދުމަތް ހުއްޓިއްޖެ

ކެންވާގެ ހިދުމަތް މިއަދު ހެނދުނުން ފެށިގެން މުޅި ދުނިޔޭގައި މެދުކެނޑުނު މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ ކެންވާގެ ބައެއް ޚިދުމަތްތަކަށް ބަރޯސާވާ އެމެޒޯން ވެބް ސާވިސަސް އަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

ދުނިޔޭގެ ގިނަ ބަޔަކު ޑިޒައިން މަސައްކަތްތަކުގައި ބޭނުންކުރާ އެއް ޕްލެޓްފޯމް ކަމަށްވާ ކެންވާގެ ހިދުމަތް މުޅި ދުނިޔޭގައި ހުއްޓިއްޖެ އެވެ. 

ކެންވާގެ ހިދުމަތް މިއަދު ހެނދުނުން ފެށިގެން މުޅި ދުނިޔޭގައި މެދުކެނޑުނު މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ ކެންވާގެ ބައެއް ޚިދުމަތްތަކަށް ބަރޯސާވާ އެމެޒޯން ވެބް ސާވިސަސް އަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. 

މިހާރު ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކެންވާ ބޭނުންކުރާ މީހުންނަށް ވެބްސައިޓަށް ވަނުމުގައި ނުވަތަ ޑިޒައިން ލޯޑުކުރުމުގައި ދަތިތައް ކުރިމަތިވެފައިވެ އެވެ. އަދި ޑިޒައިންތަކުގައި އެއްވެސް ބަދަލެއް ސޭވްއެއް ނުކުރެވެ އެވެ. މީގެ އިތުރު ތައްޔާރުކުރި ޑިޒައިންތައް ޑައުންލޯޑް ނުކުރެވެ އެވެ. 

ކެންވާއިން މިދިޔަ އަހަރު 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ. މި ޕްލެޓްފޯމްގައި މަހުން މަހަށް ފައިސާ ދައްކާ 16 މިލިއަން އަށް ވުރެ ގިނަ މީހުން ތިބެ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި 500 ކުންފުނީގެ ތެރެއިން 95% ކުންފުނިތަކުން ކެންވާ ބޭނުންކުރެ އެވެ. އަދި  ތަޢުލީމީ ދާއިރާގައި 85 މިލިއަން އަށް ވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުން މި ހިދުމަތް ހޯދަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.