ފައިސާ ޗާޕު ނުކުރަން އެމްޑީޕީން ގޮވާލައިފި

އެ ޕާޓީން ބުނެފައިވާ ގޮތުގައި ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ނުރައްކާތެރިކަމެކެވެ.

އަމީރު އާއި ފައްޔާޒް ގުޅިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއް. --ފައިލް ފޮޓޯ: ވަން އޮންލައިން

ސަރުކާރުން ރަސްމީ ނިޒާމުތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް އެމްޑީޕީން ގޮވާލައިފި އެވެ. 

ވެރިކަމުގައި އޮތްއިރު ކޮވިޑް-19 އަށްފަހު އައި ދެ އަހަރުވެސް ފައިސާ ޗާޕުކުރި އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާޤާބިލުކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދި އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަންދުވެ ސަރުކާރު ކުންފުނިތަކާއި ބޭންކްތަކުން އިތުރަށް ނަގާނެ ފައިސާ ނެތުނީމަ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ވަނީ ނިންމައިފައިވާ ކަމަށެވެ - އެކަން ނުކުރަން އެމްޑީޕީން ގޮވާލާފައިވެ އެވެ. 

އެ ޕާޓީން ބުނެފައިވާ ގޮތުގައި ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ނުރައްކާތެރިކަމެކެވެ. މިއީ މިހައިތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން އެމްއެމްއޭ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތެކެވެ.

އެމްޕީޑީ ސަރުކާރުން ވަނީ ކޮވިޑް-19 ގެ ބަލި މަޑުކަމަށް އައި ދެ އަހަރު ވެސް ފައިސާ ޗާޕުކޮށްފަ އެވެ. މިކަމުގެ ސަބަބުން އިގްތިސޯދުގައި އަށް ބިލިއަން ރުފިޔާ އިތުރުވި އެވެ. އަދި ފެނަކަ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނަށް މެދުވެރިވާ ގޮތަށް މަޝްރޫއު އަށް ދީ މުޅި އިގްތިސޯދު ކޮށި އަތުވާލި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.