ދާރުލްއާސާރުގެ ކުނިތައް އުކައިލީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: މިނިސްޓަރު

އެ ކުނިތައް އުކާލިއިރު، އެތަނުގައި ހުރި އެއްވެސް ތަރިކައެއް ނައްތާލެވިފައި ނުވާކަމުގެ ޔަގީންކަން މިނިސްޓަރު މިއަދު ދެއްވި އެވެ.

ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ދާރުލްއާސާރުގައި ހުރި ގިނަ އަދަދެއްގެ ކުނިތައް އުކާލާފައިވަނީ، އެކަމަށް ކަނޑައެޅިފައިވާ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.

ދާރުލްއާސާރުގެ އެތެރެ އިތުރަށް ރަނގަޅުކުރަން މަސައްކަތް ފެށިއިރު 12 ލޮރީގެ ކުނި ދާރުލްއާސާރުން ބޭރުކުރިކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، އުކާލީ ސައްހަ ތަކެތިތޯ ސާފުކުރަން، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވަނީ މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އުކައިލި ތަކެތި އެއީ ކުނި ކަމަށް ކަނޑައަޅާފައި ވާނީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ.

"ކުނި ކަމަށް ކަނޑައަޅަންޖެހޭ ތަކެތި އެއީ ނައްތައިލަންޖެހޭ ކުނި ކަމަށް ކަނޑައަޅާފައިވާނީ ގާނޫނު ނަންބަރު ގާނޫނު ނަންބަރު 3/2006 ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދާއި ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި ބާވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލު ކުރާނެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން،" އާދަމް ނަސީރު ވިދާޅުވި އެވެ.

އަދި އެ ކުނިތައް އުކާލިއިރު، އެތަނުގައި ހުރި އެއްވެސް ތަރިކައެއް ނައްތާލެވިފައި ނުވާކަމުގެ ޔަގީންކަން މިނިސްޓަރު މިއަދު ދެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.