ލެޓްސްގޯ އަށް ސެވަން ސްޓާ ގޯލްޑް އެވޯޑް

ލެޓްސްގޯއަށް މީގެ ކުރިން ވެސް މިއެވޯޑް ލިބިފައިވެ އެވެ. 2017 ވަނަ އަހަރާއި 2022 އަދި 2024 ގައިވެސް މި އެވޯޑް ލިބިފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ދުވަސްވީ އެއް ޓްރެވަލް އެޖެންސީ ކަމަށްވާ ލެޓްސްގޯ މޯލްޑިވްސް އަށް ސެވަލް ސްޓާ ގޯލްޑް އެވޯޑް ލިބިއްޖެ އެވެ. 

ލެޓްސްގޯއަށް ލިބުނު "ސެވަން ސްޓާ ގޯލްޑް އެވޯޑް" އަކީ ސެވަން ސްޓާސް ލަގްޒަރީ ހޮސްޕިޓަލިޓީ އެންޑް ލައިފްސްޓައިލް އެވޯޑް ލިބިފައިވަނީ މޯލްޑިވްސްގެ އެންމެ މޮޅު ލަގްޒަރީ ޓުއާ އޮޕަރޭޓަރުގެ ވަނަ އެވެ. މި އެވޯޑާ ލެޓްސްގޯގެ ފަރާތުން ހަވާލުވީ އެ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) އެވެ. 

މި އެވޯޑު ދުނިޔޭގައި މަޝްހޫރުވެފައިވަނީ "ސިގްނަމް ވައިރިޓިސް" ނުވަތަ  "އެކްސެލެންސްގެ ސިއްކަ" ނުވަތަ "ސީލް އޮފް އެކްސެލެންސް" ގެ ގޮތުގަ އެވެ. މިއީ ހިދުމަތްދޭ ފަރާތްތަކަށް ދޭ އެންމެ ޝަރަފުވެރި ވަނަ އެވެ. 

ލެޓްސްގޯއަށް މީގެ ކުރިން ވެސް މިއެވޯޑް ލިބިފައިވެ އެވެ. 2017 ވަނަ އަހަރާއި 2022 އަދި 2024 ގައިވެސް މި އެވޯޑް ލިބިފައިވެ އެވެ. 

ޓޫރިޒަމް ސިނާއަތަށް މީގެ 20 އަހަރުކުރިން 2005 ވަނަ އަހަރު އަކީ ރިޒޯޓް އަދި ސަފާރީ ހިމެނޭހެން 160 އަށް ވުރެ ގިނަ ރިޒޯޓްތަކާއި ސަފާރީ ޔޮޓްތަކާއެކު ވިޔަފާރި ކުރާ ބޮޑު ކުންފުންޏެކެވެ. މި ކުންފުނިން ލަގްޒަރީ އަދި ވީއައިޕީ ޚިދުމަތް އެންމެ ގާތުން ދޭއިރު ވީއައިޕީ ކްލައިންޓުންނަށް ހާއްސަ ލަގްޒަރީ ޗުއްޓީތައް ރާވައިދެ އެވެ. އަދި ސުޕަ ޔޮޓް ޗާޓަރުތަކާއި އެއާޕޯޓްގައި ވީއައިޕީ އަދި ގްރައުންޑް ހޭންޑްލިންގެ ވިޔަފާރިވެސް ކުރެ އެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.