ބަންގާޅު ނޫސްތައް ބުނާ ގޮތުގައި ގެއްލުންތައް ބިލިއަން ޑޮލަރަށް އެރުމުގެ ބިރު އެބައޮތެވެ. އަލިފާނުގެ ސަބަބުން އެއާޕޯޓްގެ ކާގޯގެ އިމްޕޯޓް ބައިގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.
ބަންގްލަދޭޝްގެ ހަޒްރަތު ޝާހްޖަލާލް ބައިނަލްއަގުވާމީ އެއާޕޯޓްގެ ކާގޯ ކޮމްޕްލެކްސްގައި އަލިފާން ރޯވުމުގެ ސަބަބުން އަންނައުނު ބާޒާރަށް ލިބުނު ގެއްލުން އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވިއްޖެ އެވެ.
ބަންގާޅު ނޫސްތައް ބުނާ ގޮތުގައި ގެއްލުންތައް ބިލިއަން ޑޮލަރަށް އެރުމުގެ ބިރު އެބައޮތެވެ. އަލިފާނުގެ ސަބަބުން އެއާޕޯޓްގެ ކާގޯގެ އިމްޕޯޓް ބައިގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. މީގެ އިތުރުން އަނދައިގެން ދިޔަ ތަކެތީގެ ތެރޭގައި ގާމެންޓް އުފެއްދުމަށް ބޭނުންވާ ކާފޫރާއި އެހެނިހެން މުހިންމު ތަކެތީގެ އިތުރުން ތައްޔާރުކޮށްފައިވާ ގާމެންޓްތަކުގެ ޝިޕްމެންޓްތަކާއި އާ ވިޔަފާރި ހޯދުމަށް ބޭނުންވާ މުހިންމު ސާމްޕަލްތައް ވެސް ހިމެނެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އެކްސްޕޯޓް ސީޒަންގެ އެންމެ ލޯޑު ބޮޑު އެއް ދުވަހެވެ. މި ހާދިސާ ހިނގި މި ކާގޯ ވިލެޖްއަކީ ދުވާލަކަށް 600 މެޓްރިކް ޓަނަށް ވުރެ ގިނަ ކާގޯ އުފުލާ މަރުކަޒެކެވެ.
ބަންގްލަދޭޝް ގާރމެންޓް މެނުފެކްޗަރާޒް އެންޑް އެކްސްޕޯޓާޒް އެސޯސިއޭޝަން އިން އަންދާޒާކޮށްފައިވާ ގޮތުގައި މުސްތަގުބަލުގެ ވިޔަފާރިއަށް ނޭދެވޭ އަސަރު ކުރުން ގާތެވެ. މިގޮތުން އަންނައުނު ސާމްޕަލްތައް ގެއްލުމަކީ މުސްތަޤްބަލުގައި ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު ކުރާ ވިޔަފާރީގެ ފުރުސަތުތަކަށް ބުރޫއެރުމުގެ ބިރު އޮތް ކަމެކެވެ.
މިފަހުން ވަނީ ބަންގާޅު އިގްތިސޯދަށް ގެންލުންވާނެ ގިނަ އަލިފާނުގެ ހާދިސާތަކެއް ހިނގާފަ އެެވެ. މިއީ އެއް ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގައި ރިޕޯޓް ކުރެވުނު ތިންވަނަ ބޮޑު އަލިފާނުގެ ހާދިސާ އެވެ. މީގެ ކުރިން ގާމެންޓް ފެކްޓަރީއަކާއި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ 16 މީހުން މަރުވެފައިވެ އެވެ.