ހަތް ހާސް ޓޫރިސްޓުންގެ ދުވަހެއް | އިންޑިއާއިން ލައްކައެއް

މި މަހުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް 107,088 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 92,627 ޓޫރިސްޓުންގެ އަދަދާ ބަލާއިރު 15.6 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި : މި އަހަރު ޓޫރިޒަމް ރަނގަޅުވާނެ ކަމަށް ސަރުކާރުން އުންމީދު ކުރޭ -- އެމްއޭސީއެލް

ޑެއިލީ އެރައިވަލްސް ނުވަތަ ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 7،000 އަށްވުރެ މައްޗަށް އުފުލުނު ދުވަހާކާއެކު، އިންޑިއާ ޓޫރިސްޓުންގެ އަދަދު އެއް ލައްކަށް އަރައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1.74 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި އިއްޔެ 7،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ވަނީ 100,596 އަށް އިތުރުވެފަ އެވެ. މިހާރު އެ ގައުމުން ދަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 5.8 ޕަސެންޓް ހިއްސާ ކުރަމުންނެވެ. 

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް

  •  ޗައިނާ - 284,933
  •  ރަޝިއާ - 213,851
  •  ޔޫކޭ - 152,884
  •  ޖަރުމަނީ - 126,892
  •  އިޓަލީ - 116,705
  •  އިންޑިއާ - 100,596
  •  ޔޫއެސްއޭ - 50,529
  •  ފްރާންސް - 44,859
  •  ސްޕެއިން - 42,280
  •  އޮސްޓްރޭލިއާ - 33,319

މި އަހަރު ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އެންމެބޮޑަށް ދަނީ ޗައިނާ އެވެ. އެ ގައުމުން 284,933 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނާގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން 213,851 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި -- އެމްއޭސީއެލް

މި މަހުގެ މިހާތަނަށް ބަލާއިރު ރާއްޖެ އަށް 107,088 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 92,627 ޓޫރިސްޓުންގެ އަދަދާ ބަލާއިރު 15.6 ޕަސެންޓުގެ އިތުރުވުމެކެވެ. 

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.