ކަސްޓަމްސް އިން ހިފެހެއްޓި ތިން މިލިއަން ސިނގިރޭޓު ނައްތާލައިފި

ކަސްޓަމްސް އިން ބުނީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް ނައްތާލާފައިވާ ކަމަށެވެ. އެއީ 3.1 މިލިއަން ސިނގިރޭޓެވެ.

ކަސްޓަމްސް އިން މިއަދު ތިން މިލިއަން ސިނގިރޭޓު ނައްތާލަނީ --

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ހިފަހައްޓާފައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ހުރި 199 ސިނގިރޭޓް ކޭސް ނައްތާލާފައިވާ ކަމަށެވެ. އެއީ 3.1 މިލިއަން ސިނގިރޭޓެވެ. 

ދޫނިދޫގައި މިއަދު ނައްތައިލި ސިނގިރޭޓަކީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ ތަކެތި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭތުތަކެއް މިއަދު ނައްތާލާފައިވާއިރު، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ވޭޕު މަނާކުރުމާ އެކު ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރު ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސުން ހިފަހައްޓާފައި ވަނިކޮށް ދާދިފަހުން ވަނީ ވަގަށް ނަގާފަ އެވެ.

އެ މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ، އަހުމަދު އާރިފާއި މުހައްމަދު ވަހީދުގެ އިތުރުން ކަސްޓަމްސްގެ އިސް އޮފިސަރު، ޒިވާރު އިސްމާއިލް އަދި ކަސްޓަމްސްގެ ކުރީގެ އޮފިސަރު، މުއާޒު އަލީ ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުން ބަންދުކޮށްފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ހިންގަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.