ކައުންސިލް އިންތިހާބު މާޗް 28 ގައި، ކުރިމަތިލާން ހުޅުވާލާނީ ޖެނުވަރީގައި

ކައުންސިލް އިންތިހާބުގެ ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުވަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

އިންތިހާބެއް ގައި މީހަކު ވޯޓު ލަނީ: ކައުންސިލް އިންތިހާބު މާޗު 28 ގައި ބާއްވަނީ --

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބު، އަންނަ އަހަރުގެ މާޗު 28 ގައި ބާއްވަން ތާވަލު ކޮށްފި އެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އަންމަ މާޗުމަހު ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުވަރީ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ޒާހިދު ވިދާޅުވީ ކައުންސިލް އިންތިހާބަކީ އިދާރީ ގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތައް ވާން ޖެހޭ އިންތިހާބު ކަމަށެވެ. އެގޮތުން އިދާރީ ކަންކަމަށް ގާތްގަނޑަކަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުޅި އިންތިހާބަށް ގާތްގަނޑަކަށް 80 މިލިއަނެއްހާ ރުފިޔާ އެންމެ މަދުން ވެސް ހަރަދުވާނެ ކަމަށް ވެސް އޭނާ ލަފާކުރެއްވި އެވެ.

"މިއަށް މިބަލަނީ އެންމެ މަދުވެގެން ވެސް ގާތްގަނޑަކަށް އަޅުގަނޑުމެންނަށް 70 ވަރަކަށް، 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ ކަމަށް މިބަލަނީ. މި ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރުމުގެ ވިސްނުން މުސަތުގުބަލުގަ އެބަހުރި،"

އޭނާ ވިދާޅުވީ ހުރިހާ ފަރާތަކަށް ވެސް ލުއިފަސޭހަ އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން މިފަހަރު ކެންޑިޑެސީ ހުށަހަޅަން ޖެހޭނީ އެ ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ކަމަށް ޒާހިދު ވިދާޅުވި އެވެ. 

އޭގެ އިތުރުން އިންތިހާބާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 36 ރަށަކަށް ކޮމިޝަންގެ ޓީމްތައް ގޮސް، ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މިއަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.