އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.
ހުޅުމާލެ ފޭސް 1ގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
މިއަދު ހެނދުނު އަލިފާން ރޯވެވެފައި ވަނީ ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓުގަ އެވެ.
އެމްއެންޑީއެފްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލާފައި ވަނީ 09:25 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާގެ ފޮޓޯތައް އެމްއެންޑީއެފުން ހިއްސާކޮށްފައިވާއިރު، އަނދާފައިވާ ކޮޓަރީގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދާ އަޅިއަށްވެފަ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް ނޭންގެ އެވެ.