އެމެރިކާގެ ދިފާއީ ވުޒާރާއިން ނޫސްވެރިކަން ހަނި ކުރަން ގަވައިދެއް

މި ގަވައިދުގެ ސަބަބުން އެމެރިކާގައި މިނިވަން ނޫސްވެރިކަން ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ މީޑިއާ އޯގަނައިޒޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާގެ އާ ގަވައިދާ ދެކޮޅު ހެދުމުގެ ގޮތުން ނޫސްވެރިން ޕެންޓަގަން ދޫކޮށް ދަނީ -- ފޮޓޯ: އޭޕީ

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން އަލަށް އެކުލެވާލި ގަވައިދާއެކު އެމެރިކާގައި މައުލޫމާތު ފެތުރުމުގެ ދާއިރާ ހަނިވެދާނެތީ ކަންބޮޑުވުން އިތުރުވެއްޖެ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އަލަށް އެކުލަވާލި ގަވައިދާއެކު އެމެރިކާގެ ނޫސްވެރިން ދިފާއީ ބައެއް މައުލޫމާތު ހޯދުމުގެ މަގު ބަންދުފައިވެ އެވެ. މިގޮތުން  އާއްމުކޮށް ހާމަ ނުކުރާ ދިފާއާ ގުޅުންހުރި މައުލޫމާތު ހޯދުމަށް ދިފާޢީ ވުޒާރާގެ މުވައްޒަފުންގެ ކިބައިން އެދުމަކީ ކުށެއްގެ ގޮތުގައި ކަނޑަޅާފައިވެ އެވެ. އަދި ޕެންޓަގަން އިން ވަނީ އެތަނުގައި ހަރަކާތްތެރިވެވޭނީ މި އުސޫލަށް އެއްބަސްވެ ސޮއިކުރާ މީޑިއާތަކަށް ކަމަށް ކަނޑައަޅާފަ އެވެ. 

މި ގަވައިދުގެ ސަބަބުން އެމެރިކާގައި މިނިވަން ނޫސްވެރިކަން ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ މީޑިއާ އޯގަނައިޒޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި ގަވައިދަށް އަމަލު ނުކުރާނެ ކަމަށް ބުނެ ޕެންޓަގަންގައި ހަބަރު ފަތުރަން ދީފައިވާ ޕާސް ހަވާލު ކުރުމަށްފަހު ގިނަ މީޑިއާތަކެއް ވަނީ އެތަނުން ނުކުމެފަ އެވެ. ޕެންޓަގަން ދޫކޮށް ދިޔަ ނޫސްތަކުގެ ތެރޭގައި ނިއުޔޯކް ޓައިމްސް އާއި ސީއެންއެން އަދި އެސޯސިއޭޓެޓް ޕްރެސްގެ އިތުރުން ވޮޝިންޓަން ޕޯސްޓްފަދަ ނޫސްތައް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.