މި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ކޯޓު އަމުރުގައި ވަނީ، ލޯންޗު ވަގަށް ނެގުމަށްފަހު އެޔަށް ގެއްލުންދީ އަދި އިންޖީނުގެ ގިއަރެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރާ ކަމަށެވެ.
ކ. ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނަގައި، އެޔަށް ގެއްލުން ދިން ދެ މީހަކު ބަންދު ކޮށްފި އެވެ.
ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ށ. ފޯކައިދޫ, ޗަނބޭލީގޭ، ހަސަން ރަޝީދު އަހުމަދާއި އެރަށު ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހެވެ.
މި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ކޯޓު އަމުރުގައި ވަނީ، ލޯންޗު ވަގަށް ނެގުމަށްފަހު އެޔަށް ގެއްލުންދީ އަދި އިންޖީނުގެ ގިއަރެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރާ ކަމަށެވެ.
މި ދެ މީހުން ވެސް ބަންދު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކުށަށް ވަނީ އިއުތިރާފްވެފަ އެވެ. އަދި އެ އަމަލު ހިންގުނީތީ ހިތާމަ ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ދެ މީހުންގެ ބަންދަށް ވެސް ކޯޓުން ޖަހާފައި ވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. ދެ މީހުން ކުށަށް އިއުތިރާފުވެފައިވާތީ، ތަހުގީގު މަރުހަލާގައި ވެސް ނަސޭހަތުގެ އެއްބަސްވުން ނުވަތަ އިއުތިރާފު އެއްބަސްވުން ހެދުމުގެ ފުރުސަތު އެ މީހުންނަށް އޮތްކަންވަނީ އަންގާފައިވާކަން ވެސް އަމުރުގައިވެ އެވެ.