ބަދަލާއެކު 18 ރިސޯޓެއްގެ މުއްދަތު އިތުރުކޮށްގެން އާމްދަނީއަށް ބިލިއަނެއް

ބަހާލައިގެން މުއްދަތު އިތުރު ކުރުމުގެ ބަދަލާއެކު އިންވެސްޓަރުންނަށް ލުއި ވެގެން ދެ އެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފަ އެވެ.

މުއްދަތު އިތުރު ކުރި ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓް ކަމަށްވާ ފިހާޅޮހި އައިލެންޑް ރިސޯޓް -- ފޮޓޯ؛ ކޮރަލްގްލާސް

ޓޫރިސްޓް ރިޒޯޓްތައް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މުއްދަތު އިތުރުކުރަން ފީ، ނުވަތަ ލީސް ޕީއަޑް އެކްސްޓެންޝަންއަށް ގެނައި ބަދަލާއެކު 18 ރިސޯޓް / ފަޅުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން ލިބިފައިވާ ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުން މުއްދަތު އިތުރު ކުރަން ދިން ފުރުސަތާއެކު 15 ތަނަކުން ވަނީ 49 އަހަރަށް މުއްދަތު އިތުރުކޮށްފަ އެވެ. އަދި 25 އަހަރުގެ މުއްދަތަށް ދެ ތަނަކުން މުއްދަތު އިތުރުކޮށްފައިވާއިރު، އެއް ތަނެއްގެ މުއްދަތު 20 އަހަަރަށް އިތުރުކޮށްފައިވެ އެވެ. 

49 އަހަރަށް މުއްދަތު އިތުރު ކުރި ތަންތަން

  •  ކ. ވިލަވަރު ރިސޯޓް
  •  ވ. އަލިމަތާ ރިސޯޓް
  •  ކ ފިހާޅޮހި ރިސޯޓް
  •  ނ. ކުރިންމަވައްޓަރު
  •  ނ. ރިސޯޓް ތަރައްގީ ކުރާ އެދުފަރުމަރިރަށް އަދި ބޮޑުފުއްޓާއި މައިރަށް
  •  ކ. އެނބޫދޫ ވިލެޖު
  •  ނ. މާކުރެންދޫ، ސޮނޭވާ ސީކްރެޓް ރިސޯޓް
  •  އއ. ހަލަވެލި، ކޮންސްޓްރެންޓް ހަލަވެލި ރިސޯޓް
  •  ކ. ވާރެއްދޫގަރު، ދުބާއީގެ ކުންފުންޏަށް ރިސޯޓް ތަރައްގީކުރާ
  •  ކ. އިތާފުށި، ވިލްޑޯފް އެސްޓޯރިއާ ރިސޯޓް
  •  ކ. އޮޅުވެލި، ސަން ސިޔާމް އޮޅުވެލި ރިސޯޓް
  •  ދ. މެދުފުށި، މެދުފުށި އައިލެންޑް ރިސޯޓް
  •  ކ. ރަންފަރު، ރޯސްޓްވުޑުން ތަރައްގީ ކުރާ ރިސޯޓް
  •  ވ. އަމްރޮކް ކުންފުނީގެ ދެ ފަޅެއް

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މުއްދަތު އިތުރު ކުރި ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓް ކަމަށްވާ ފިހާޅޮހި ރިސޯޓުވެސް ވަނީ މުއްދަތު އިތުރުކޮށްފަ އެވެ. މިއީ ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ އެއް ރިސޯޓެވެ. މި ރިސޯޓް ހުޅުވީ 1981 ވަނަ އަހަރު އެވެ. 

25 އަހަރަށް މުއްދަތު އިތުރު ކުރި ރަށްތައް

  •  އަރިއަތޮޅު މޫފުށި އައިލެންޑް ރިސޯޓް
  •  ހދ. މަނަފަރު އައިލެންޑް ރިސޯޓް

މި ރިސޯޓްތަކުގެ އިތުރުން 20 އަހަރަށް މުއްދަތު އިތުރު ކުރި ތަންތަނުގެ ތެރޭގައި ޖޭޑަބްލިއު މެރިއޮޓް ކުންފުނިން ހިންގާ ހަތަފަރު ފިނޮޅު ވެސް ހިމެނެ އެވެ. 

މުއްދަތު އިތުރު ކުުރުމާއެކު މި އަހަރުގެ މިހާތަނަށް ދައުލަށް ވަނީ 63.5 ބިލިއަން ރުފިޔާ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފަ އެވެ. 

އިސްލާހާއެކު އިންވެސްޓަރަށް ލުއި ދައުލަށް ފައިދާ

ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިން ކުއްޔަށް ނެގުމުގެ މުއްދަތު އިތުރުކުރުމުގެ ޤާނޫނީ އަދި މާލީ އުސޫލުތައް ނުވަތަ ޤަވާއިދުތަކަށެވެ. ނަމަވެސް ޓޫރިސްޓް ރިޒޯޓްތައް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ބިންތަކުގެ މުއްދަތު އިތުރުކުރަން ފީ ދެއްކުމުގެ މުއްދަތަށް ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ބަދަލު ގެނައުމުގެ ކުރީގައި ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއް ނެތް ނަމަ 49 އަހަރު ދުވަހަށް އިތުރުކޮށްދެ އެވެ. އަދި ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 5،000،000 ޑޮލަރު އެކީ އެއްފަހަރާ ދައްކަން ޖެހެ އެވެ. މީގެ އިތުރުން 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާ ފަރާތްތަކަށް މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ޖެހެ އެވެ.


ނަމަވެސް ގެނައިމި ބަދަލާއެކު އިންވެސްޓަރުންނަށް ލުއިވެ އަދި ދައުލަތަށް ލިބޭ މަންފާ އިތުރުވި އެވެ. ފަހުގެ އިސްލާޙުތަކާއެކު 99 އަހަރަށް މުއްދަތު އިތުރުކުރުމަށް ބައިބަޔަށް ފައިސާ ދެއްކުމުގެ ފުރުސަތު ލިބެ އެވެ. މިގޮތުން  ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރަން އެއްބަސްވާ ނަމަ، މުއްދަތު އިތުރު ކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި  ހަ މަސް ދުވަހަށް ފަހު ފައިސާ ދައްކާ ހަލާސްކުރަން އެއްބަސްވާ ނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 200،000 އެމެރިކާ ޑޮލަރު ދެއްކިދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.