މި ބަދަލާއެކު ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތަކަށް ދުރާލާ މެޑިކަލް ޓެސްޓުތައް ހެއްދުމަށް ފަހު އެވެ. ޓެސްޓްތައް ހުށަހެޅުމުން އެ ބަލީގެ ބޮޑު ކުޑަމިން ނިންމާނީ ސައޫދީ ސަރުކާރުންނެވެ.
ބޮޑެތި ބަލިތައް ހުންނަ މީހުން ހައްޖަށް ދޭން ވީޒާ ނުދިނުމަށް ސައުދީ ސައޫދީ އަރަބިއްޔާއިން ހުއްޓާލައިފި އެވެ.
ހައްޖުގެ ކަންތަކާ ބެހޭ ގޮތުން ސައޫދީން މިމަހު ނެރުނު އާ ގަވައިދުގައިވާ ގޮތުން ފުރާނައަށް ނުރައްކާތެރިވާ ބައްޔެއް ހުރެއްޖެނަމަ އެމީހަކަށް ވިސާއެއް ނުދެވޭނެ އެވެ. އެކަން ޔަގީން ކުރުމުގެ ފުރުސަތު ދީފައިވަނީ އެ ގައުމެއްގެ ސަރުކާރަށެވެ.
ރާއްޖޭގެ ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން އެ ވާހަކައަށް އަލިއަޅުއްވާފަ އެވެ.
އެމްޑީ ޝަކީލް ވިދާޅުވި ގޮތުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް އަންނަ އަހަރު ޙައްޖު ވީޒާ ދޫނުކުރުމަށް ނިންމަވާފައިކަން ސައުދީ ސަރުކާރުން އެންގެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މީގެ ތެރޭގައި ހިތުގެ ބައްޔާއި ކިޑްނީ ބައްޔާއި ނާރުގެ ބަލިތަކާއި ޑިމެންޝާ ނުވަތަ ހަނދާންނެތޭ ބަލި ހުންނަ ފަރާތްތައް ހިމެނޭކަމަށް ސައުދީގެ ޙައްޖު މިނިސްޓްރީން ހައްޖު މިޝަނަށް އަންގަވާފައިވާކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ މި ބަދަލާއެކު ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތަކަށް ދުރާލާ މެޑިކަލް ޓެސްޓުތައް ހެއްދުމަށް ވަނީ އަންގާފަ އެވެ. ޓެސްޓްތައް ހުށަހެޅުމުން އެ ބަލީގެ ބޮޑު ކުޑަމިން ނިންމާނީ ސައޫދީ ސަރުކާރުން ކަމަށް އެމްޑީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބާރު ނުހިނގާ ކަންތައް ތަކެއް މިހާރު މިއައީ. މިހެން ދެންނެވި ނަމަވެސް ބައްޔެއް އަދި ހުރިނަމަވެސް ވިސާ އިޝޫ ނުކުރާނެއެކޭ ނޫން،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ މިއީ ހިތްވަރު ގަދަ ކުރަން ޖެހޭ ވަގުތެއް ކަމަށާ ޙައްޖުގެ ފުރުސަތު ލިބިފައިވާ މީހާއަށް ބޮޑު ބައްޔެއްގެ ސަބަބުން ވީޒާ ނުލިބޭކަން ސައުދީ ސަރުކާރުން ކަނޑައަޅުއްވާ ހާލަތްތަކުގައި އެ މީހަކު ބޭނުންވާ އެހެން މީހަކަށް އެ ފުރުސަތު ދެވޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.