މެޓް އޮފީހުން ބުނީ ކޮޅިގަނޑުގައި 19 މޭލާއި 25 މޭލާ ދެމެދުގެ ދެމެދަށް ވައި ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ އެވެ.
އަރަބި ބަހުންނަމަ މި ނަކަތަކީ "އައްސިމަކް" އެވެ. މިއީ "ހިތަ" ނަކަތެވެ. ހުޅަނގު މޫސުމުގެ 14 ވަނަ ނަކަތް ކަމަށްވާ ހިތަނަކަތް އޮންނާނީ އޮކްޓޫބަރު 17-4 ގެ ނިޔަލަށެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެ އެވެ. ކަނޑުތައް ޢާންމުގޮތެއްގައި މަޑުވާނެ އެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ނަމަވެސް މިއަދުން ފެށިގެން ނަކަތް ބަދަލުވާނެ އެވެ. ދެން ފެށޭނީ ވިއްސާރައަށް މަޝްހޫރު "ހެއި" ނަކަތެވެ. މިއީ ވައި އެނބުރޭ ނަކަތެކެވެ. މިއީ ގޮތް ނޭނގޭ އެކިފަހަރު އެކިގޮތަށް ވައި އެނބުރޭ ނަކަތެކެވެ. މި ނަކަތް މާދަމަ އިން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ދެމިގެންދާނެ އެވެ. ނަކަތް ބަދަލުވާން ދާއިރު، މޫސުމާ ބެހޭ އޮފީހުން މިއަދު ވަނީ މުޅިރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުގެ ހުދު ސަމާލުގައިވާ ގޮތުން މިއަދު ހެނދުނު 9:30 އިން ފެށިގެން ހަވީރު 15:30 އާ ހަމައަށް މޫސުން ގޯސްވާނެ އެވެ. އަދި މި މުއްދަތުގައި އާއްމުކޮށް ކޮޅިގަނޑުގައި 19 މޭލާއި 25 މޭލާ ދެމެދުގެ ދެމެދަށް ވައި ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ އެވެ.
ހުދު ސަމާލަކީ ކޮބާ ؟ - މިއީ މޫސުމާ ބެހޭ އޮފީހުން ނެރޭ އެންމެ ފުރަތަމަ އެލާޓް އެވެ. ހުދު ސަމާލު ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 19 މޭލާއި 30 މޭލާ ދެމެދަށް އިތުރުވެ، ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދަށް ގަދަވުން އެކަށީގެންވާ ހާލަތްތަކުގަ އެވެ. އަދި 24 ގަޑިއިރު ތެރޭގައި 50 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހުން އެކަށީގެންވާތީ އެވެ. މީގެ އިތުރުން ބޮޑެތި ރާޅު އެރުން ނުވަތަ އުދައިގެ އަސަރު ކުރުން އެކަށީގެންވާނަމަ އެވެ.