ހުޅުމާލޭ ދުވާރުމަތިން ގޮނޑި މޭޒުތައް ނަގަން އަންގައިފި

އެޗްޑީސީން ބުނީ މި ތަކެތި މިމަހުގެ 23 ގެ ކުރިން ނަގަން ހަނދާން ކޮށްދޭ ކަމަށެވެ.

އެޗްޑީސީއިން ކުރިން ދުވާރުމަތީގައި ހުރި ތަކެތި ނަގަން ހިންގި ހަރަކާތެއް

ހުޅުމާލެ ދުވާރުމަތީ ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރަން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ. 

ހުޅުމާލެ ބަހައްޓާ އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ބުނީ ދުވާރުމައްޗާއި ހެޖު ތެރޭގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރަން މިމަހު އެއްވަނަ ދުވަހު އާއްމުކޮށް އިއުލާނު ކުރިނަމަވެސް މިހާރު ވެސް ގިނަ ބަޔަކު އެކަން ކުރަމުން ގެންދާ ކަމަށާ ކަމަށާ އާއްމުންނަށް ދަތިވާ ގޮތަށް މިގޮތަށް ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށެވެ. 

އެ ކުންފުނިން ބުނީ މީގެ އިތުރުން ޖެހުތެރޭގައި ބޮޑެތި ގަސް އިންދާފައި ހުރިކަން ފާހަގަ ކުރެވޭ ކަމަށާ، މިފަދަ ގަސްތަކުގެ ސަބަބުން ހުޅުމާލެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުގެ ތާރުތައް ހަލާކުވަމުންދާ ކަމަށެވެ. އެހެންކަމުން މި ތަކެތި މިމަހުގެ 23 ގެ ކުރިން ނަގަން ހަނދާން ކޮށްދޭ ކަމަށެވެ. 

އެޗްޑީސީ އިން ބުނީ 23 ގެ ފަހުން ކަމާބެހޭ އިދާރާތަކާއެކު މިތަކެތި ނެގުމުގެ މަސައްކަތް އެޗްޑީސީ އިން ފަށާނެ ކަމަށާ، މިތަކެތި ނުނަގައި ބަހައްޓައި، އަދި އެ ކުންފުނިން ނެގުމުގެ ތެރޭގައި ލިބޭ ގެއްލުމަކަށް ޒިންމާ ނުވެވޭނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.