ފުލުހުން ބުނީ މިމަހުގެ 14 ވަނަ ދުވަހު އެއްކުރި މައުލޫމާތުތަކުން 716 އުޅަނދު ދެނެގަނެވިފައިވެއެވެ.
ފުލުހުން މައުލޫމާތު އެއްކުރިއިރު، ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކުރާ 700 އަށްވުރެ ގިނަ އުޅަނދު ހުރިކަން ފާހަގަ ވެއްޖެ އެވެ.
ފުލުހުން ބުނީ މިމަހުގެ 14 ވަނަ ދުވަހު އެއްކުރި މައުލޫމާތުތަކުން 716 އުޅަނދު ދެނެގަނެވިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭންއެވެ. މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފަ އެވެ.
މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ